މާލެ: 31°C

މޭޔަރު ހައްޔަރުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް: މާލޭ ސިޓީކައުންސިލް

January 4, 2023
2 ފަހަރު ބަލާފައި
މޭޔަރު ހައްޔަރުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް: މާލޭ ސިޓީކައުންސިލް
މޭޔަރު ހައްޔަރުކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް: މާލޭ ސިޓީކައުންސިލް
އިދިކޮޅު ޕީޕީއެމްޕީއެންސީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހައްޔަރުކުރި ކުރުމަކީ ވަރަށް ޒިންމާދާކުރަން ކުޑަ އަމަލެއް ކަމަށް ސިފަކޮށް، އޭނާ ވަގުތުން ދޫކޮށްލަން މާލޭ ސިޓީކައުންސިލުން ގޮވާލައިފި އެވެ. މުއިއްޒު ހައްޔަރުކުރުުމުން ސިޓީކައުންސިލުން ރޭ ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ފުލުހުން މުއިއްޒު ހައްޔަރުކުރީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ޝުއޫރު ފާޅުކުރަމުން ދަނިކޮށެވެ. އަދި އެއީ މާލޭގެ ރައްޔިތުން އެމީހުންގެ މަންދޫބެއްގެ ގޮތުގައި އިންތިހާބުކޮށްފައިވާ މޭޔަރުގެ ބާރު ކަނޑުވައިލަން އެޅި ފިޔަވަޅެއް ކަމަށް ވެސް އެބަޔާނުގައި ތުހުމަތުކުރި އެވެ. [embed]https://minivan.mv/76887/[/embed] "...އަދި މިއީ ދިމިގްރާތީ މުޖުތަމައެއްގައި ކަން ވެގެން ދާން ޖެހޭ ގޮތް ނޫން ކަމުގައި ވެސް މި ކައުންސިލުން ދެކެމެވެ. ވީމާ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަގުތުން ދޫކޮށްލަން ގޮވައިލަމެވެ،" ސިޓީކައުންސިލްގެ ބަޔާނުގައި ބުންޏެވެ. ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެވަޑައިގެންނެވި ކަމަށް ތުހުމަތުކޮށް މުއިއްޒު ހައްޔަރުކުރީ، މަނީ ލޯންޑާ ކުުރުމާއި ރިޝްވަތު ހިފުމުގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަންކުރަން ގޮވާލައި އިދިިކޮޅުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެެރެއިން، ރޭ 10:00 އެހާކަށް ހާއިރު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ