މާލެ: 31°C
އަންނަ މޭ މަހުގެ 10 އާއި ހަމައަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލޭނެ: ރައީސް

އަންނަ މޭ މަހުގެ 10 އާއި ހަމައަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލޭނެ: ރައީސް

February 7, 2024
3 ފަހަރު ބަލާފައި
އަންނަ މޭ މަހުގެ 10 އާއި ހަމައަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލޭނެ: ރައީސް
އަންނަ މޭ މަހުގެ 10 އާއި ހަމައަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލޭނެކަމަށް މިހާރު ގަބޫލު ކުރެއްވޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ވީ ވައުދު ތަކުގެ ތެރެއިން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމާ ގުޅޭގޮތުން އާންމު ރައްޔިތަކުރި ސުވާލަކަށާް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން ކުރިއަށް ދާކަމަށާއި، އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މި އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެއްބައި ރާއްޖެއިން ފައިބާނެ ކަމަށެވެ. އަދި ޑިޕްލޮމެސީގެ ރީތި އުސޫލުން ކުރެވޭ އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އޭގެ އަނެއްބައި މޭމަހުގެ 10 އާއި ހަމައަށް ރާއްޖޭން ދިއުމަށް މިހާރު އެއްބަސް ވެވިފައިވާކަމަށް ވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެ މަސައްކަތަށް ފަހު ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ދިވެހިން އިސްވެ ތިބެ ބޮޑެތި މަސައްކަތް ތަކެއް ކުރުމަށް ރާވާފައިވާ ކަމަށާއި މީގެ އިތުރުން ސިއްހީ އިމާރޖެންސީ ހާލަތްތަކުގައި ބޭނުންކުރުމަށް އެއަރ އެންބިއުލަންސްގެ ޚިދުމަތް އަންނަ މާރްޗް މަހުގެ 1 ވަނަ ދުވަހު ފެށޭނެ ކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަރަހައްދުގެ ސާވައިލެންސް ގެ މަސައްކަތް ކޮށް އެފަދަ ހުރިހާ ކަމެއް ދިވެހި ކުރުމަށް ބޭނުންވާ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއ، އަދި އެފަދަ އެއްވެސް ކަމެއްގައި ބޭރުގެ ބަޔަކު ނުތިބޭނެ ކަމުގެ ޔަގީންކަން ރައީސުލް ޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ