މާލެ: 31°C
މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ބާލައި ނިމޭނެކަމުގެ ޔަގީންކަންދެން: ރައީސް

މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ބާލައި ނިމޭނެކަމުގެ ޔަގީންކަންދެން: ރައީސް

February 18, 2024
4 ފަހަރު ބަލާފައި
މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ބާލައި ނިމޭނެކަމުގެ ޔަގީންކަންދެން: ރައީސް
މިއަހަރުގެ މެއިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލައި ނިމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫ ފޭދޫ އަދި ހިތަދޫ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އެމަނިކުފާނު ވައުދުވިގޮތަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށެވެ. މިގޮތުން މިހާރު ކުރިއަށްދަނީ އެކަމުގެ އެންމެ ފަހު މަސައްކަތްތައްކަންވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މެއިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްކޮށް ބާލައި ނިމޭއިރު، މިއީ ދިވެހިންނަށް ލިބޭނޭ ވަރަށްބޮޑު ކާމިޔާބެއް ކަމަށެވެ. އަދި މިއީ ދިވެހިން އެދުނު ގޮތްކަމަށާއި، ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ގާއިމްވެ ތިބުމަކީ ދިވެހިން އެދޭގޮތް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ އެގައުމުން ހަދިޔާކުރި ހެލިކޮޕްޓަރުތައް ދުއްވުމަށާއި އެނޫންވެސް ޓެކްނިކަލް މަސައްކަތްތައް ކުރުމުގެ ބޭނުމަށްކަމަށް ކުރީ ސަރުކާރުން ވަނީ ބުނެފައެވެ. އިންޑިއާ ސިފައިން ފޭބުމާ ގުޅޭގޮތުން އެގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވަލް ވިދަޅުވެފައިވަނީ، ހެލިކޮޕްޓަރުތައް ދެންވެސް ދުއްވާނީ އިންޑިއާގެ ޕައިލެޓުން ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެނބުރި ގައުމަށް ދިއުމަށް ތައްޔާރުވަމުންދާއިރު، މި ސަރުކާރުގެ ވިސްނުން މީގެކުރިން ހުރީ އިންޑިއާއިން ދިން ހެލިކޮޕްޓަރުތައްވެސް އަނބުރާ ފޮނުވާލުމަށެވެ. ނަމަވެސް އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި ކުރިއަށްގެންދިޔަ ބައްދަލުވުންތަކަށްފަހު އެކަމުގައި ދިވެހި ސަރުކާރުން ގެންގުޅުނު ވިސްނުން މިހާރު ވަނީ ބަދަލުވެފައިކަން ފާހަގަކޮށްލެވެއެވެ. މި ސަރުކާރުގެ ބައެއް ވަޒީރު ފެންވަރުގެ ބޭފުޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން ރާއްޖެއާ އިންޑިއާ އާ ދެގައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން، މި ފަހަކަށް އައިސް ވަނީ މިއިން ޒަމާނަކު ގޯސް ނުވާވަރަށް ގޯސްވެފައެވެ.   އިތުރު ތަފްސީލް އަންނަނީ...

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ