މާލެ: 31°C
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމާއި، ގުރްއާން ހިތުދަސްކޮށް އެއްވަނަ ހޯދި ހާފިޡުންނަށް ދެއްވާ ހާއްސަ މެޑެލް ދީފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމާއި، ގުރްއާން ހިތުދަސްކޮށް އެއްވަނަ ހޯދި ހާފިޡުންނަށް ދެއްވާ ހާއްސަ މެޑެލް ދީފި

July 26, 2023
2 ފަހަރު ބަލާފައި
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދެއްވާ ހާއްސަ އިނާމާއި، ގުރްއާން ހިތުދަސްކޮށް އެއްވަނަ ހޯދި ހާފިޡުންނަށް ދެއްވާ ހާއްސަ މެޑެލް ދީފި
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި، ކީރިތި ގުރްއާން ހިތުދަސްކޮށްގެން އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް މިއަދު ދެއްވައިފިއެވެ. ރައީސް ސޯލިހް މި އިނާމުތައް ދެއްވީ މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގައެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 18 ބޭފުޅަކަށެވެ. އިނާމު ދެއްވާނެ ފަރާތްތައް ކަނޑައަޅުއްވަނީ އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސް ދެއްވާ މެޑެލް ހާސިލު ކުރެއްވީ، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. އަދި، ބައިނަލްއަގްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރީ ދެ ކުއްޖެކެވެ. މީގެއިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްޤީގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރީ އެންމެ ފަރާތަކުންނެވެ. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ:
  1. އަލްއުސްތާޛާ ޢާއިޝަތު ޒަހާ، ދަފްތަރު. ނަންބަރު ރސ 6834
  2. އަޙްމަދު ޝުޖާޢު، ނިޔަމި، ގދ. ފިޔޯރި
  3. އައްޝައިޚް ޙުސައިން ނަޝާޠު އިބްރާހީމް، ދަޑިމަގު. ޑޭޒީ، ޏ. ފުވައްމުލައް
  4. އަޙްމަދު އިބްރާހީމް، މަލަ، ޅ. ނައިފަރު
  5. ޢާއިޝަތު ރިފްޤާ، ކަނީރުގެ، ރ. ރަސްމާދޫ
  6. އަލްއުސްތާޛް ޒައިފް ޙަސަން ފަޟާލް، ހ. ވައިޓްޑައިމަންޑް
  7. އާމިނަތު ޖުމާނާ، ނަލަހިޔާގެ، ހދ. ނެއްލައިދޫ
  8. އިރުނާއު ޝަރީފް، ދޭލިޔާގެ، ބ. ތުޅާދޫ
  9. ލޫޠު އިސްމާޢީލް ޝަފީޤް، ގ. ތުނަ
  10. ޢަލީ އަޙްމަދު، ޖަވާހިރުމާގެ، ފ. ނިލަންދޫ
  11. މުޙައްމަދު އަރުޝަމް ޙުސައިން، ކަޅިރަވަ، ގއ. ގެމަނަފުށި
  12. އަޙްމަދު ހާޝިމް، ތުނޑި. ވައިޓްކްރޯން، ލ. ގަން
  13. އަޒުހާ މުޙައްމަދު ޔޫސުފް، މ. ކަގި
  14. އާމިނަތު އިޙްސާނާ، އިޙްސާން، ރ. ހުޅުދުއްފާރު
  15. ރަނާ މުޙައްމަދު ނަޢީމް، ހ. އާޝިރުވާދު
ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގްވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވީ:
  1. ޢާއިޝަތު ލައިކާ ޙުސައިން، މ. ހަޒާރީވިލާ
  2. ޢާއިޝަތު މާނިޔާ އާދަމް، ގ. ކޯބިން
ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްޤީގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވަނީ:
  1. ރޮބޯމޭން
ކީރިތި ހުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސްގެ ހާއްސަ މެޑެލް ހާސިލުކުރެއްވި 10 ހާފިޡުންނަކީ:
  1. އަލްޙާފިޡާ އާމިނަތު އައިފާ، އަލިވިލާގެ ފ. ބިލެތްދޫ
  2. އަލްޙާފިޡް ޝަޢަފް ޙާމިދު އިބްރާހީމް، މަލާޒް، ޅ. ނައިފަރު
  3. އަލްޙާފިޡް އަބާން އިބްރާހީމް، ހ. ލަކީލޮޖްހުޅަނގުބައި
  4. އަލްޙާފިޡާ މަރްޔަމް މުޙައްމަދުދީދީ، މުއްތުސަންބާގެ، ސ. ހިތަދޫ
  5. އަލްޙާފިޡް އަޙްމަދު ރާއިޢް ބަޝީރު، ފުނާޑު. ރަޔަން، ޏ. ފުވައްމުލައް
  6. އަލްޙާފިޡް ޙަސަން ނަޞީރު، ޒިއުރިކް، ސ. ހިތަދޫ
  7. އަލްޙާފިޡާ ރައުޙާ އިސްމާޢީލް، ދިލްޝާދުގެ، ދ. މީދޫ
  8. އަލްޙާފިޡާ ޢާއިޝަތު އާން ރަޝީދު، މ. ޝޭޑީރީޖަން
  9. އަލްޙާފިޡް އިސްމާޢީލް އިޒުޢާން އިބްރާހީމް، ހުޅުމާލެ ފްލެޓް 02-ޖީ-141
  10. އަލްޙާފިޡް މިބުސާމް ސަލްމާން، ހެވަންލީޑް ގދ. ތިނަދޫ
މި ޖަލްސާގައި ރައީސް ވަނީ، ހާއްސަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ