މާލެ: 31°C

މަތީ އަރުތަވެރިންގެ އިނާމް 441 ދަރިވަރަކަށް ދީފި

މަތީ އަރުތަވެރިންގެ އިނާމް 441 ދަރިވަރަކަށް ދީފި
September 13, 2024
2 ފަހަރު ބަލާފައި
މަތީ އަރުތަވެރިންގެ އިނާމް 441 ދަރިވަރަކަށް ދީފި
މަތީ ސާނަވީއާއި، ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ސަރުކާރުން ދޭ "މަތީ އަރުތަވެރީންގެ އިނާމު" 441 ކުއްޖަކަށް ދީފި އެވެ. އެ ކުދިންނަށް އިނާމް ދިނީ ދަރުބާރުގޭގައި ތިން ދަންފަޅިއަކަށް ބަހާލައިގެން ބޭއްވި ހާއްސަ ޖަލްސާތަކުގަ އެވެ. މި ތިން ދަންފަޅީގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މިއީ މި ރަސްމިއްޔާތުގެ 3 ދަންފަޅިވެސް (ހެނދުނު، މެންދުރުފަސް، ރޭގަނޑުގެ ދަންފަޅިވެސް) ދިވެހިރާއްޖޭގެ ރައީސް ޝަރަފްވެރިކޮށްދެއްވި ފުރަތަމަ ފަހަރެވެ. މި ރަސްމިޔާތުގެ ތިންވަނަ ދަންފަޅީގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި، މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ އަދި ގައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒު އެވެ. މިފަހަރު އިނާމު ލިބޭ 441 ދަރިވަރުންނަށް ގައުމީ ފެންވަރުގައި ޝަރަފްދިނުމަށް ކުރިޔަށް ދިޔަ 3 ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގަތުމަކީ، ތައުލީމަށް އަދި ޒުވާން ދަރިވަރުންގެ ކުރިއެރުމަށާއި ފާގަތިކަމަށް އެމަނިކުފާނު ދެއްވާ އަހައަމިއްޔަތުގެ ހެއްކެކެވެ. މީގެ ކުރީގެ އަހަރުތަކުގައި މި ރަސްމިއްޔާތު ބާއްވަމުން އައީ، ސަރުކާރުގެ ނުވަތަ އަމިއްލަ ބޮޑެތި ކުންފުނިތަކުން ސްޕޮންސަރކޮށްގެންނެވެ. އަދި ދަރިވަރުންނަށް ވެސް ސްޕޮންސަރުންގެ އަތުން އިނާމު ހޯދައިގެންނެވެ. ނަމަވެސް މިކަމަކީ ސީދާ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ވަރަށް ރަނގަޅު ފެންވަރުގައި ކުރިއަށްދާ ރަސްމިއްޔާތެއްގެ ގޮތުގައި ހެދުމަށް އެ މަނިކުފާނު ވަނީ މިފަހަރު ހަމަޖައްސަވާފައެވެ. އަދި ވަނަތަކަށް ހޮވި އިނާމު ލިބޭ ދަރިވަރުންނަށްވެސް، ސީދާ ސަރުކާރުގެ ފަރާތުން ރަނގަޅު ފެންވަރުގެ އަދި ދަރިވަރުންނަށް ބޭނުންވާނެ އިނާމު ދެއްވުމަށް ވެސް ރައީސް ވަނީ އިރުޝާދުދެއްވާފައެވެ. ތައުލީމުގެ ފުރުސަތު ފަހިކޮށްދީ، ކޮންމެ ދަރިވަރަކަށް އިސްލާމްދީނާ، ރިވެތި އަހްލާގާ، ގައުމިއްޔަތު އުނގަންނައިދީ، ހަރުދަނާ ދިވެހި ޖީލެއް ބިނާކުރުމަށް އެ މަނިކުފާނު ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ