"ހައެއް ފެބްރުއަރީ 2023 ވީ ހޯމަ ދުވަހު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުރިއަށް ދިޔަ ، އެފްއޭއެމް އިންޓަ ސްކޫލްގެ 17 އަހަރުން ދަށުގެ އުމުފުރާގެ ފުޓްބޯޅަމުބާރާތުގެ ފުރަރަމަ ސެމީފައިނަލް މެޗް ނިމުމުން، ސަޕޯޓަރުން ހިންގާފައިވާ ކުޅިވަރުގެ ރޫހާ ޚިލާފު ކަންކަމަކީ މި ސްކޫލުން އެއްވެސް ވަރަކަށް ތަރުހީބުދޭ ކަންކަމެއް ނޫނެވެ،" ގުރައިދޫ ސްކޫލުގެ ބަޔާނުގައި ބުންޏެވެ.ހަމަ ނުޖެހުން ކުށްވެރިކުރާ ވާހަކައާއި ދަރިވަރުންނަށް ފިޔަވަޅު އަޅާނެ ވާހަކަ ވެސް ނުބުނެ އެ ބަޔާނުގައި ބުނީ އެ ސްކޫލުގެ މާހައުލަކީ ދަރިވަރުން ނޭދެވޭ އަމަލުތައް ކުރުމަށް އެސްވެސް ވަރަކަށް ބާރުއަޅާ އެކަންކަން ކުރުމަށް ދަސްކޮށްދޭ ހިޔާވައްސެއް ނޫން ކަމަށެވެ. "ނަމަވެސް މެޗަށް ފަހު މެޗުގެ ކަންކަން ހިނގައި ދިޔަ ގޮތް އޮޅޭ ގޮތަށް ބައެއް މީޑިއާތަކުގައި ދެކެވޭ ތަފާތު ވާހަކަތަކާއި ހިނގައި ދިޔަ އެއްވެސް ހަަމަނުޖެހުމެއްގައި ބައިވެރިނުވާ ދަރިވަރުންނާއި އޮފިޝަލުންގެ ފޮޓޯއާއި ނަން ބޭނުންކޮށްގެން ފަތުރަމުންދާ ހަގީގަތެއް ނެތް ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ގުރައިދޫ ސްކޫލުގެ ބަޔާނުގައި ބުންޏެވެ. އެގޮތަށް ވާހަކަ ފަތުރާތީ ކުދިންނަށް ނަފުސާނީ ގޮތުން އެކިއެކި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށާއި ކުދިންނަށް ފުރައްސާރައިގެ ބަސްތައް ރައްދުކުރުން ހުއްޓައިލަން ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އަދި އެގޮތަށް ހަބަރުފަތުރަމުންދާ ނޫސްތަކަށާއި ކުދިންނަށް ފުރައްސާރަކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ކަމާ ބެހޭ އިދާރާތަކަށް ގޮވައިލާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
މެޗަށް ފަހު ކަންހިނގި ގޮތުގެ ހަބަރު ފަތުރަނީ އޮޅޭ ގޮތަށް ކަމަށް ބުނެ ގުރައިދޫ ސްކޫލުން ބަޔާނެއް ނެރެފި

މެޗަށް ފަހު ކަންހިނގި ގޮތުގެ ހަބަރު ފަތުރަނީ އޮޅޭ ގޮތަށް ކަމަށް ބުނެ ގުރައިދޫ ސްކޫލުން ބަޔާނެއް ނެރެފި
ލިޔުން:
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗަށް ފަހު ގުރައިދޫ ސްކޫލްގެ ބައެއް ދަރިވަރުންނާއި ބެލެނިވެރިން އަދި އޮފިޝަލުން ގޮސް ރެފްރީއަށް ހަމަލާދީ ހިންގި ނާތަހުޒީބު އަމަލުތައް މީޑިއާގައި ރިޕޯޓްކުރި ގޮތާ މެދު ނުރުހުން ފާޅުކޮށް، އެ ސްކޫލުން ބަޔާނެއް ނެރެފި އެވެ.
ގުރައިދޫ ސްކޫލުން އިއްޔެ ނެރުނު ބަޔާނުގައި، އެ ހަމަ ނުޖެހުންތައް، ހަމަ ނުޖެހުމެއްގެ ގޮތުގައި ސިފަ ނުކޮށް، ބުނެފައި ވަނީ އެއީ "ކުޅިވަރުގެ ރޫހާ ޚިލާފު އަމަލުތަކެއް" ކަމަށެވެ. އެހެން ނަމަވެސް ވީޑިއޯފުޓޭޖްތަކާއި ފޮޓޯތަކުން ވެސް ރީއްޗަށް ފެންނަ ގޮތުގައި އެ ދުވަހު ގުރައިދޫ ސްކޫލުގެ ބައެއް ދަރިވަރުންނާއި ބެލެނިވެރިންނާއި އޮފިޝަލުން ހިންގީ ގޭންގްތަކުން ހިންގާ ފަދަ ބޮޑު ހަމަނުޖެހުމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
