"5 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ފައިސާ ދޫކުރަމުންދަނީ، އެދުވަހު އެކަނިވެސް 50 މިލިއަން ރުފިޔާވަނީ ދޫކޮށްފައި، އުއްމީދަކީ ރަމަޟާން މަސް އައުމުގެކުރިން ބެކްލޮގް ކްލިއާ ކުރުން،" ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވީ މިހާތަނަށް ދޫކުރައްވާފައި މިވަނީ 25 ޖެނުއަރީ އާ ހަމައަށް ކިރާފައިވާ މަހަށްވާ ފައިސާ ކަމަށާއި، އަދިވެސް މަސްވެރިންނަށް ނުދެވި ބެކްލޮގްގައި 147 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. "މިބެކްލޮގް އެއްކޮށް ކްލިއާ ކުރެވުނީމަ، ކޭޝްފްލޯ ހަމައަކަށް އެޅުނީމަ، ކިރާމަހަށް 48 ގަޑިއިރުގެތެރޭގައި ފައިސާ ދޫކުރަން ފަށާނެ،" މިނިސްޓަރު ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމާއި ހަވާލުވީ ފަހުން މިހާތަނަށް މަސްވެރިންނަށްވަނީ 600 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރައްވާފައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިޔާމް އިތުރަށް ވިދާޅުވީ މިފްކޯއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުވަ އައިސްޕްލާންޓެއް ގާއިމުކުރުމަށް ފެނަކައަށް ހަވާލުކުރި މަސައްކަތްތަކުގެ ތެރެއިން ބައެއް އައިސްޕްލާންޓްތަކުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދާކަން ފާހަގަކުރެވި، މިހާރު އެ އެއްބަސްވުންތައް ބާތިލުކޮށްފައިވާ ކަމަށެވެ. އެގޮތުން، ބާތިލުކުރި އެއްބަސްވުންތަކަކީ އެއްވެސް ވަރަކަށް މަސައްކަތް ހިނގާފައިނުވާ އެއްބަސްވުންތަކެއް ކަމަށާއި ނުވަތަ ވަރަށް ކުޑަ މިންވަރަކަށް މަސައްކަތް ކުރިއަށް ގޮސްފައިވާ މަސައްކަތްތަކެއްގެ އެއްބަސްވުންތަކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދަމަސް ފެށުމުގެ ކުރިން ދައްކާ ނިންމާނަން: ޝިޔާމް
މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދަމަސް ފެށުމުގެ ކުރިން ދައްކާ ނިންމާނަން: ޝިޔާމް
ލިޔުން:
މަސްވެރިންނަށް ސަރުކާރުން ނުދީ ހުރި ފައިސާގެ ތެރެއިން މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށް ދޭން ބުނި 50 މިލިއަން ރުފިޔާ އެއްކޮށް ދޫކޮށް ނުނިމުނު ނަމަވެސް ރަމަޟާން މަސް ފެށުމުގެ ކުރިން ދައްކާ ނިންމަވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
