މާލެ: 31°C

މަސްވެރިންނަށް ކުރިއަށް އޮތީ ބަހާރު މޫސުމް: މިނިސްޓަރ ޝިޔާމް

February 8, 2025
343 ފަހަރު ބަލާފައި
މަސްވެރިންނަށް ކުރިއަށް އޮތީ ބަހާރު މޫސުމް: މިނިސްޓަރ ޝިޔާމް
މަސްވެރިންނަށް ކުރިއަށް އޮތީ ބަހާރުމޫސުމް ކަމަށް ޕިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ކުރިއަށްއޮތީ ބަހާރުމޫސުމް ކަމަށް ޕިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނާ ގުޅިގެން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ ފާއިތުވި 40 އަކަށް އަހަރު ރާއްޖޭގެ މަސްވެރި ސިނާއަތަށް އޮތީ އަޅައިލާން ޖެހޭ ވަރަށް އަޅާނުލެވި ކަމަށާއި އެ ސިނާއަތުގެ ތަރައްގީއަށް މާ ގިނަ މަސައްކަތްތަކެއް ސަރުކާރުތަކުން ކޮށްފައި ނުވާ ކަމަށެވެ.

ނަމަވެސް މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްވެރި ސިނާއަތަކީ، ދިވެހީންގެ ލޭނާރުގެ ގޮތުގައި އަލުން ދިރުވުމަށް ބޭނުންވާ ފައިސާ މި ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށާއި މަސްވެރި ސިނާއަތަށް ކުރިއަށް އޮތީ ބަހާރު މޫސުންމެއް ކަމަށާއި މަސްވެރި އާއިލާތަކަށް ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއް ކަމަށެވެ.

ރައީސް ޑރ. މުއިއްޒު މަސްވެރިންނަށް ވެވަޑައިގަތް އެންމެ މުހިއްމު 2 ވައުދަކީ މިފްކޯއަށް ކިރުވާ މަހުގެ އަގު އެއްމެ ދަށްވެގެން 20 ރުފިޔާއަށް ގހެދުމާއި، އަދި މަސްވެރިން ކިރުވާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ