މާލެ: 31°C
މަސްވެރިންގެ ފައިސާ ދިނުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް

މަސްވެރިންގެ ފައިސާ ދިނުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް

February 19, 2024
3 ފަހަރު ބަލާފައި
މަސްވެރިންގެ ފައިސާ ދިނުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް

މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ލަސްވާތީ, އެ ފައިސާ ދިނުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.

ރޮޒައިނާ ވިދާޅުވީ މަސްވެރިންނަށް ފައިސާ ނުދީ ގިނަ ދުވަސް ވުމުން, މަސްވެރިންގެ ދިރިއުޅުމުގެ ކަންކަމަށް ދަތިވަމުންދާކަމަށެވެ. އަދި މަސްވެރި އާއިލާ ތައް ދަރަނިވެރިވެ، ރަށްރަށުގެ ވިޔަފާރިވެރިންނަށް ވެސް ދަތިތަކާކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ. އެ ގަރާރުގައި ވަނީ ވީ އެންމެ އަވަހަކަށް މަސްވެރިންގެ ފައިސާ ދީ ހަލާސްކުރުމަށް ގޮވާލާފާއެެވ.

މަސްވެރިންގެ ފައިސާ ނުލިބި ލަސްވާތީ, އިއްޔެއިން ފެށިގެން ކޫއްޑޫގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ގަރާރު ހުށަހެޅުމަށް ފަހު ރޮޒައިނާ ވިދާޅުވި ގޮތުގައި މަސްވެރިންނަށް ފައިސާ ނުލިބި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 18 އިން ފެށިގެން ކަމަށާއި, މިވަގުތާ ހަމައަށް މަސްވެރިންނަށް ދައްކަން 298 މިލިއަން ރުފިޔާ އެބަ އޮތް ކަމަށެވެ.

"މިހާރު މިއިވެނީ 25 ރުފިޔާގެ ރޭޓުން މަސް ކިލޯއެއް ވިއްކާ ނިމުމަށްފަހު ދެން ފައިސާ ދައްކާއިރުގައި އެއަށްވުރެ ދަށް އަގެއްގައި ފައިސާ ދޭނެ ކަމަށް އަޑުއިވެމުން މިދަނީ, މިއީ ވަރަށް ކަންބޮޑުވާ ކަމެއް." އޭނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ވިޔަފާރީގެ މުއާމަލާތެއްކޮށް ނިންމާ, މަސް ގަނެ, ހުރިހާ ކަމެއް ނިމުނު ފަހުން, އެ ދުވަހު ދައްކަން ޖެހޭ ފައިސާ ނުދައްކާ ތިބެފައި, ފަހުން އެއަށްވުރެ ކުޑަ އަގެއް ދިނުމަކީ ގާނޫނީ ގޮތުންވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

މަސްވެރިންނަށް ފައިސާ ނުދީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކޮށް، މުސާރަ ދެމުން ދާތީ ފައިސާ ނެތިގެން މަސްވެރިންނަށް ފައިސާ ނުދެވި ހުރިކަމުގައި ނުބެލެވޭކަަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ