މާލެ: 31°C
މަސްވެރިންގެ ފައިދާ އާ ލާބައަށް، ސަރުކާރުން އެއްވެސްކަމެއް ކުރާތީއެއް ނުފެނޭ: ރައީސް ސޯލިހު

މަސްވެރިންގެ ފައިދާ އާ ލާބައަށް، ސަރުކާރުން އެއްވެސްކަމެއް ކުރާތީއެއް ނުފެނޭ: ރައީސް ސޯލިހު

February 26, 2024
4 ފަހަރު ބަލާފައި
މަސްވެރިންގެ ފައިދާ އާ ލާބައަށް، ސަރުކާރުން އެއްވެސްކަމެއް ކުރާތީއެއް ނުފެނޭ: ރައީސް ސޯލިހު
އަދުގެ ސަރުކާރުން މަސްވެރިންގެ ލާބަ އާއި ފައިދާއަށް، އެއްވެސްކަމެއް ކުރާތީ ނުފެންނަކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން މިރޭ ހެދިގޮނޑުދޮށް ސަރަހައްދުގައި ކުރިއަށްގެންދާ މަޖިލިސް ކެމްޕެއިން ލޯންޗުކުރުމުގެެ ޖަލްސާގައި ވާހަކަ ދައްކަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ހުރީ ވަރަށް ދޯހަޅިކޮށް ކަމަށާއި، މިހާތަނަށް އާއިރު މަސްވެރިންނަށް ރަނގަޅުގޮތެއް ހޯދައި ދެވިފައި ނުވާކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ މަސްވެރިންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކަށް ވާނީ ބާނާ މަސްކޮޅު ބޭރުގެ މާރުކޭޓްތަކަށް ވިއްކޭނެ ގޮތެއް ހޯދައި ދިނުން ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ގޮތްދޫނުކުރުމުގެ ސިޔާސަތުތަކާހެދި އެކަން ވާން ނެތްކަމަށް ކުރީގެ ރައީސް ސޯލިހު ފާހަގަކުރިއެވެ. "މަސްވެރިންނަށް ފައިދާވާނެ އެއްބަސްވުމެއް ހަދާތީއެއް އަދި އަޅުގަނޑުމެންނަކަށް ނުފެނޭ. ގައުމަކާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއް ތަންފީޒުކުރަން ތައްޔާރަށް އޮތްވާހަކަ ވިދާޅުވޭ. އެއަކުންނެއް ދިވެހިރާއްޖެއަކަށް ކުރާނެ މާބޮޑު ފައިދާއެއްނެތް. އަޅުގަނޑުމެންނަށް ފައިދާއެއްވާނީ/ މަސްވެރިންނަށް ފައިދާއެއްވާނީ ރާއްޖެއިން ބޭރުކުރާ މަސް ގަންނަ ބަޔަކާއެކީގައި އެއްބަސްވުމެއް ހެދިގެން" ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުގެ މުއާމަލާތްތައް ވާނީ ކުރިއަށްގެންގޮސްފައި ކަމަށާއި، އެއީވެސް މަސްވެރިންގެ ލާބައާ ފައިދާއަށް ކުރެއްވި ކަމެއް ކަމަށެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެ މަސައްކަތް ކުރިއަށްގެންގޮސްފައި ނުވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ މިއަދު އެ އެގްރީމެންޓް ތަންފީޒުކުރެވުނު ނަމަ މަސްވެރިންގެ އަތުން 25 ރުފިޔާއަށް މަސް ކިލޯއެއް ގަތުމުގެ އިތުރުން މަސްވެރިންގެ އަތުން މަސް ގަނެފައި ޑޮލަރުންވެސް ފައިސާ ދެވުނީސް ކަމަށެވެ. މީގެ ސަބަބަކީ މި ސަރުކާރުގެ ބޯހަރުކަމާއި ގޮތް ދޫނުކުރުންކަަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ