
"މަސްވެރިކަމުގެ އެކްސްޕޯ 2022" ކާމިޔާބު ކަމާއެކު ނިންމާލައިފި
"މަސްވެރިކަމުގެ އެކްސްޕޯ 2022" ކާމިޔާބު ކަމާއެކު ނިންމާލައިފި
ލިޔުން:
ދިވެހިރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ކުރިޔަށް ގެންދާ "މަސްވެރިކަމުގެ އެކްސްޕޯ 2022" ގދ. ފަރެސްމާތޮޑާގައި ބާއްވައިފިއެވެ. މި އެކްސްޕޯ ބާއްވާފައިވަނީ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިއަދު ހަވީރު 6:00 ގެ ނިޔަލަށް ފަރެސްމާތޮޑާ ބަނދަރު ސަރަޙައްދުގައެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ މި އެކްސްޕޯއަށް ޒިޔާރަތްކުރައްވައި، ސްޓޯލްތައް ބައްލަވާލައްވައި، މަސްވެރިކަމުގެ ދާއިރާގެ އައު އުފެއްދުންތަކާއި ގުޅޭ މަޢުލޫމާތު ހޯއްދަވާފައެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދާ މި އެކްސްޕޯގައި، މިފްކޯ އާއި ހޮރައިޒަން ފިޝަރީޒުން ވަނީ އައު އުފެއްދުންތަކެއް ބާޒާރަށް ނެރެފައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިންތިޒާމްކޮށްގެން ބޭއްވި މި އެކްސްޕޯގައި ޖުމްލަ 8 ސްޓޯލް ހުރި އިރު، އެކްސްޕޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި، އެމްޓީސީސީ، މިފްކޯ، ހޮރައިޒަން ފިޝަރީޒް، އެންސިސް، ސީގަލް ގުރޫޕް، ޕްރެޝާޓެކް މޯލްޑިވްސް، ބިގްފިޝް މޯލްޑިވްސް، އުރީދޫ މޯލްޑިވްސް، ނޫރާއްޖެ އަދި ފަރެސްމާތޮޑާ ކައުންސިލް ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
