މަސްވެރިންނަށް ނުދީ ހުރި 100 މިލިއަން ރުފިޔާ ދިނުމުގެ މަސައްކަތް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ފަށައިފި އެވެ. ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު މިނިވަން ނޫހަށް ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މިއަދު މަސްވެރިންނަށް ދޭނެކަމަށެވެ.
"މިއަދު އޮފީސް ގަޑީގައި އިރާދަކުރެއްވިއްޔާ 100 މިލިއަން ރުފިޔާ މަސްވެރިންނަށް ހަވާލުކުރެވިގެންދާނެ. އެ މަސައްކަތް ކުރަމުންދާނީ މިފްކޯގެ ފަރާތުން." މުއްތަލިބް ވިދާޅުވިއެވެ
މިފްކޯއިން މަސްގަތުމަށް ފަހު މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ތެރެއިން ދޭންޖެހޭ 268 މިލިއަން ރުފިޔާ އަދިވެސް އެބަހުއްޓެވެ. ފިޝަރީޒް މިނިސްޓްރީއިން ބުނީ މަސައްކަތް ކުރަމުންދަނީ އެ ފައިސާ މި މަސް ނިމުމުގެ ކުރިން މަސްވެރިންނަށްދީ ހަލާސްކުރުންކަމަށްކަމަށެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މިހާތަނަށް 3 ފަހަރެއްގެ މަތިން މަސްވެރިންނަށް 148 މިލިން ރުފިޔާ ދޫކޮށްފައިވެއެވެ.







