މާލެ: 31°C
މަސްވެރިންނަށް ހިންގާ ޑައިވިން ޕްރޮގްރާމް، މަޑަވެލީގައި ފަށަނީ

މަސްވެރިންނަށް ހިންގާ ޑައިވިން ޕްރޮގްރާމް، މަޑަވެލީގައި ފަށަނީ

January 17, 2024
4 ފަހަރު ބަލާފައި
މަސްވެރިންނަށް ހިންގާ ޑައިވިން ޕްރޮގްރާމް، މަޑަވެލީގައި ފަށަނީ
ރާޢްޖޭގެ ކޮންމެ މަސްދޯންޏެއްގައި ރެސްކިއު ޑައިވަރެއް ބެހެއްޓުމަށް، މަސްވެރިންނަށް ޑައިވިން ތަމްރީނުދިނުމުގެ ޕްރޮގްރާމް ފެށުން، މިމަހު 19 ގައި ގދ. މަޑަވެލީގައި އޮންނާނެ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެފިއެވެ.  ރާއްޖޭގައި ބޭނުންކުރާ ކޮންމެ މަސްދޯންޏެއްގައި  ރެސްކިއު ޑައިވަރެއް ހުރުން ލާޒިމުކުރުމަކީ ރައީސް ޑރ. މުޢިއްޒުގެ ހަފްތާ 14 އިގެ މަގުޗާޓުގައި ހިމެނޭ ކަމެކެވެ.  މަސްވެރިންނަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ޑައިވިން ޕްރޮގްރާމްގައި އެން ހިފުމަށް، ފީނާ މަސްވެރިންނަށް، ރެސްކިއު ފެންވަރަށް ތަމްރީނު ދެވޭނެ ކަމަށް އެމިނިސްޓްރީއިން ބުންޏެވެ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު، ރާއްޖޭގައި ބޭނުންކުރާ ކޮންމެ މަސްދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުން ލާޒިމުކުރަން ނިންމަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވެސް ވަނީ ވިދާޅުވެފައެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށާއި އެކަން ކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މިހާރު މަސްވެރިކަމުގައި ފީނުމުގެ ތެރެއިން ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުން ކަމަށް ވެސް މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ..

މިނިސްޓަރު އެދުވަހު ވިދާޅުވީ މަސްވެރިން މަސައްކަތް ކުރަނީ ވަރަށް ބޮޑު ރިސްކެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން, ހޮސްޕިޓަލުތަކާއި ދުރުގައި ކަނޑުމަތީ މަސައްކަތް ކުރާއިރު މިފަދަ ނިޒާމެއްގެ ތެރެއިން ކޮންމެ ދޯންޏެއްގައި ރެސްކިއު ޑައިވަރެއް ހުރުމުން ކުއްލި ހާލަތްތަކުގައި އަވަހަށް އެހީދެވޭނެ ކަމަަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެނގިވަޑައިގަންނަވާނެ ރެސްކިއު ޑައިވަރަކީ އޮކްސިޖަން އެޑްމިނިސްޓްރާ ކުރަން އިނގޭނެ ސެޓްފިކެޓް އޮތް ޑައިވަރަކަށްވާނެ، އަޅުގަނޑަށް އެބަފެނޭ ރާއްޖޭގެ މަސްދޯނިތަކުގަ މުސްތަގުބަލުގަ އޮކްސިޖަން ސިލިންޑަރުތައްވެސް ހުންނަތަން" މިނިސްޓަރު

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ