މާލެ: 31°C
މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާ މާޗް 5 ގެ ކުރިން ދީ ނިންމާނަން: މިނިސްޓަރު ޝިޔާމް

މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާ މާޗް 5 ގެ ކުރިން ދީ ނިންމާނަން: މިނިސްޓަރު ޝިޔާމް

February 18, 2024
3 ފަހަރު ބަލާފައި
މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާ މާޗް 5 ގެ ކުރިން ދީ ނިންމާނަން: މިނިސްޓަރު ޝިޔާމް
މަސްވެރިންނަށް ނުދީ ހުރިފައިސާ އަންނަ މާޗް މަހުގެ 5 ގެ ކުރިން ދީ ހަލާސް ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. މަސްވެރިން މިއަދު ކޫއްޑުގައި ކުރަމުންދާ އިހުތިޖާޖާއި ގުޅިގެން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ، މިސަރުކާރުން ދޭން ޖެހުނު 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާ މާޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމަށެވެ.
"މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ސަރުކާރުން ނިންމާނެ ކަމުގައި ދަންނަވަން. އަދި މަހުގެ އަގު އަޅުގަނޑުމެން މުރާޖާ ކުރި ދުވަހުން ފެށިގެން ކިރުނުމަހަށްވާ 26 މިލިއަން ކޮންމެ ހަފްތާއަކު މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭ ފައިސާ ދެވޭނެ އިންތިޒާމުގެ ތެރެއިން މިހަފްތާ އެފައިސާ މިފްކޯއިން ހަމަޖައްސާނެކަމުގައިވެސް ދަންނަވަން" މިނިސްޓަރު ވިދާޅުވިއެވެ. [embed]https://twitter.com/Shiyamaldives/status/1759131257248833662[/embed]
މިނިސްޓަރު ވިދާޅުވީ މަސްވެރިންގެ ނުތަނަވަސްވުމަކީ މިވަގުތު ސަރުކާރަށް އޮތް އެންމެ ބޮޑުކަންބޮޑުވުން ކަމަށާއި އެކަން ހައްލުކުރަން ސަރުކާރުން މަސައްކަތްކުރާކަމަށެވެ. މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވަރަށްގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މަސްވެރިންނާ ބައްދަލުކުރައްވަން މިއަދު ކޫއްޑޫއަށް ވަޑައިގަންނަވާނެ ކަމަށެވެ.
"މިއަދު މަސްވެރިންނާ ބައްދަލުކޮށްލަން އަޅުގަނޑު ކޫއްޑޫއަށް ދިއުމަށްޓަކައި ށ. އަތޮޅުން އެބަ ދަތުރުކުރުރަން. މަސްވެރިންގެ ހުރިކަންބޮޑުވުންތައް އަދި މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރާނީ އަޅުގަނޑުމެން." މިނިސްޓަރު ޝިޔާމް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ