މާލެ: 31°C

16 ރުފިޔާއަށް ގަންނަމުންއައި މަސް، 16 އަށްވުރެ ކުޑަކޮށް ނުގަނެވޭގޮތަށްހަދައި މަސްގަންނަ އަގު ބޮޑުކޮށްފިކަމަށް ބުނެފި

December 14, 2025
672 ފަހަރު ބަލާފައި
16 ރުފިޔާއަށް ގަންނަމުންއައި މަސް، 16 އަށްވުރެ ކުޑަކޮށް ނުގަނެވޭގޮތަށްހަދައި މަސްގަންނަ އަގު ބޮޑުކޮށްފިކަމަށް ބުނެފި
ސަރުކާރުން މީގެ ކުރިންވެސް 16 ރުފިޔާއަށް ގަންނަމުންއައި މަސްކިލޯއެއް 16 އަށްވުރެ ކުޑަކޮށް ނުގަނެވޭގޮތަށްހަދައި މަސްގަންނަ އަގު ބޮޑުކޮށްފިކަމަށް ބުނެފި އެވެ.

ސަރުކާރުން މީގެ ކުރިންވެސް 16 ރުފިޔާއަށް ގަންނަމުންއައި މަސްކިލޯއެއް 16 އަށްވުރެ ކުޑަކޮށް ނުގަނެވޭގޮތަށްހަދައި މަސްގަންނަ އަގު ބޮޑުކޮށްފިކަމަށް ބުނެފި އެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ މަސްވެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ކިރުވާ މަހަށް ރަނގަޅު އަގެއް ނުލިބުމުގެ މައްސަލަކަމަށެވެ.

އެހެންކަމުން އެކަންކަން ހައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރިން ކިރުވާ މަހަށް އަގުދޭ އުސޫލަށް ބަދަލުތަކެއް ގެންނެވުމަށް މިހާރު ނިންމަވާފައިވާކަމަށާއި، އެގޮތުން މިފްކޯއިން މަސްގަންނަ އެންމެ މަތީ ރޭޓްކަމަށްވާ 16 ރުފިޔާ ގެ ބަދަލުގައި މިފްކޯއަށް މަސްގަންނަ އެންމެދަށް ރޭޓަކީ 16 ކަމަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ ކުރިން ދޮޅުކިލޯއިން ފެށިގެން މަތީގެ މަސްގަންނަނީ 16 ރުފިޔާއަށް ނަމަވެސް އެ އުސޫލު ބަދަލުކޮށް، ކިލޯއަަކަށްވުރެ މަތީގެ މަސް ގަންނަ އެންމެ ދަށް ރޭޓަކީ 16 ރުފިޔާކަމަށްވެސް މިހާރު ކަނޑައަޅުއްވާފައިވާކަމަށެވެ. ވުމާއެކު މީގެކުރިން އޮތްގޮތުން މަސް ގަންނަ އެންމެ މަތީ ރޭޓަކީ 16 ރުފިޔާނަމަވެސް، އުސޫލަށް ގެންނެވި ބަދަލާއެކު އެއަށްވުރެ ބޮޑު އަގުގައިވެސް މަސް ކިރުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށ1ްވެސް ރައީސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ