މާލެ: 31°C

މަސްތުވާތަކެތި ހުއްޓުވުމުގެ އޮޕަރޭޝަންތަކެއްގައި 8 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ހުއްޓުވުމުގެ އޮޕަރޭޝަންތަކެއްގައި 8 މީހަކު ހައްޔަރުކޮށްފި
April 2, 2023
2 ފަހަރު ބަލާފައި
މަސްތުވާތަކެތި ހުއްޓުވުމުގެ އޮޕަރޭޝަންތަކެއްގައި 8 މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަތަރު ތަށެއްގައި ހިންގި އޮޕަރޭޝަން ތަކެއްގައި އަށް މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން އޮޕަރޭޝަންތަކުގެ ތެރެއިން އދ. މަހިބަދޫގައި ހިންގި އޮޕަރޭޝަނަކީ، އެ ރަށުގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެކެވެ. ފުލުހުން ބުނީ މަހިބަދޫއިން 31 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި އަށް ސެލޯފިން ކޮޅު ފެނިފައިވާ ކަމަށެވެ. އެމީހާ މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމުގެ އަމުރު އެކޯޓުން ދިނެވެ. ފުލުހުން ބުނި ގޮތުގައި ބ. ދަރަވަންދޫގައި ހިންގި އޮޕަރޭޝަނަކީ ބ. އަތޮޅު ރިސޯޓަކުން ދަރަވަންދުއަށް އަންނަ މީހަކު މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެެވެ. ބުރާސްފަތި ދުވަހު ހިން އެ އޮޕަރޭޝަނުގައި 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ފެނުނެވެ އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އެކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދިނެވެ. ގއ. މާމެންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކޭ. މާރިޗު 29 ވަނަ ދުވަހު ކުރިއަށްގެންދިޔަ އެ އޮޕަރޭޝަނުގައި 38 އަހަރުގެ މީހަކު މާމެންދޫ ބަނދަރު ސަރަހައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާއަށް ވެސް 15 ދުވަސް ބަންދު ދީފައިވާކަމަށް ފުލުހުން ބުނެއެވެ. ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުން ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އިއްޔެ ހިންގި އެ އޮަޕަރޭޝަނުގައި 44 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ސެލޯފިން ކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހއ. ހޯރަފުށީ ބުރާސްފަތިދުވަހު ހިންގި އޮޕަރޭޝަނުގައި 32 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވެއެވެ. އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ހޮޅިކޮޅާއި ފައިސާތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލާގައި ހިމެނޭ 32 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް ކޯޓުން ދިން އިރު 41 އަހަރުގެ މީހާ ޝަރުތަކަކާ އެކު ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލަތަތް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ