
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ދެ މީހެއްގެ މައުލޫމާތު ފުލުހުން އާއްމުކޮށްފި
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ދެ މީހެއްގެ މައުލޫމާތު ފުލުހުން އާއްމުކޮށްފި
ލިޔުން:
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި ހައްޔަރުކުރި 2 މީހެއްގެ މައުލޫމާތު ފުލުހުން އާއްމުކށްްފިއެވެ.
ފުލުހުންގެ މީޑިއާއިން އާއްމުކޮސްފައިވާ ވަނީ ލ. އިސްދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ލ. މާބައިދޫ / މާފޮޅޭގެ، މުޙައްމަދު އަފްރާޒް (28އ) ގެ މައުލޫމާތާއި، އޮގަސްޓު މަހުގެ 22 ވަނަ ދުވަހު ވިލިނގިލި މަގުމަތިން ބަލައި ފާސްކުރުމުގެ ތެރެއިން އަތުގައި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 2 ރަބަރު ކޮތަޅު ފެނިފައިވާތީ ހައްޔަރުކޮށްފައިވާ ގއ. ވިލިނގިލި / ފުނަމާގެ، އަޙްމަދު ރިޝާޙް (34) ގެ މައުޅޫމާތެވެ.
އަދި އޭގެ އިތުރުން ގއ. ވިލިނގިލީގައި އޮގަސްޓު މަހުގެ 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު ފަޅު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމުހުސްކުރި ދަޅެއް ފެނިފައިވާކަމސާއި ނަމަވެސް އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށްވެސް ހާމަކޮށްފައިވެއެވެ.
ފުލުހުން ގެ މީޑިއާއިން ހާމަކޮސްފައިވާ ގޮތުގައި ހައްޔަރުކުރިި 2 މީހުންވެސް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
