މާލެ: 31°C
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހޯދަނީ

February 15, 2024
3 ފަހަރު ބަލާފައި
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހޯދަނީ
މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ. މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ މުހައްމަދު އަކްރަމް އަބްދުލްހަންނާން، ގދ. ހޯނޑެއްދޫ / ދޯދި، (34އ) އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ޑްރަގް އެންފޯސްމަންޓްގެ ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، ސާޖަންޓް އާދަމް ޙަލީމް އިންވެސްޓިގޭޝަން ބިލްޑިންގ އަށް، މިމަހުގެ 29 ވަނަ ދުވަހުގެ 14:00 އަށް އޭނާ ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ