މާލެ: 31°C
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިނަދޫ ސިޓީ އިން މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ތިނަދޫ ސިޓީ އިން މީހަކު ހައްޔަރު ކޮށްފި

July 14, 2024
2 ފަހަރު ބަލާފައި
މަސްތުވާތަކެތީގެ މައްސަލައެއްގައި ތިނަދޫ ސިޓީ އިން މީހަކު ހައްޔަރު ކޮށްފި
މަސްތުވާތަކެތީގެ މައްސަލަ އެއްގައި ގދ. ތިނަދޫ ސިޓީ އިން މީހަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާއި ހައިވިސިބިލިޓީ ޓީމުގެ އިތުރުން އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ، މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 11 ސެލޯފިން ކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ