މާލެ: 31°C

ޑްރަގް ކެފޭއެއް ހިންގި ބަޔަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފި

February 5, 2025
149 ފަހަރު ބަލާފައި
ޑްރަގް ކެފޭއެއް ހިންގި ބަޔަކު ހައްޔަރުކޮށް ބަންދު މުއްދަތު ޖަހައިފި
ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ އައްޑާއަކުން ބަޔަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދު މުއްދަތު ޖަހައިފި އެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތްދޭ އައްޑާއަކުން ބަޔަކު ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދު މުއްދަތު ޖަހައިފި އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ނެރެފައިވާ މުއްދަތު އަމުރުމުގައި ބުނެފައިވަނީ މާލޭގެ މާފަންނު ގައި ހިންގަމުންއައި އައްޑާ ބަލައި ފާސްކުރި އިރު އެތަނުން މަސްތުވާތަކެތި އަޅާފައިވާ ކަމަށް ބެލެވޭ ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބޭނުންކުރުމަށް އަންދާފައިވާ ފޮއިލްތަކާއި ޕައިޕްތައް ފެނިފައިވާ ކަމަށާއި، އަދި އެތަން ބަލައި ފާސްކުރިއިރު އެތަނުގެ ތެރޭގައި މަސްތުވާ ތަކެތި ބޭނުންކުމުގައި މީހުން ތިބި ކަމަށާއި އެމީހުންގެ ބަންދަށް އެކޯޓުން 7 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާކަމަށެވެ.

އަދި އައްޑާ ހިންގާކަމަށް ބެލެވޭ ތ. ތިމަރަފުށީ އަންނާރުމާގޭ 37 އަހަރުގެ މުހައްމަދު ސިޔާހް، ގެ ބަންދަށް 30 ދުވަސް ޖަހާފައިވެއެވެ.

ބަންދު މުއްދަތު ޖެހި އަނެއް ތިން މީހުންނަކީ ފުވައްމުލައް، ދޫޑިގަން ލަންސިމޫގޭ ޖިނާން އަނީސް، 39، އާއި ގއ. ކޮލަމާފުށީ ނިވައިދަށުގޭ
މުހައްމަދު ޝައުގީ ހުސައިން، 60، ގެ އިތުރުން ރ. ދުވާފަރު ޗަންޕާގޭ މުހައްމަދު އަބްދުއްޝަކޫރު، 36، އެވެ. މި މީހުންގެ ބަންދަށް ޖަހާފައިވަނީ 7 ދުވަހެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ