މާލެ: 31°C

މަސްތުވާތަކެތީގެ ތުހުމަތަށް ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރި މީހެއްގެ ލަގެޖް ހަވާލެެއް ނުކުރޭ، އޭނާ ދޫއްވެޖެ

January 17, 2023
2 ފަހަރު ބަލާފައި
މަސްތުވާތަކެތީގެ ތުހުމަތަށް ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރި މީހެއްގެ ލަގެޖް ހަވާލެެއް ނުކުރޭ، އޭނާ ދޫއްވެޖެ
މަސްތުވާތަކެތީގެ ތުހުމަތަށް ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރި މީހެއްގެ ލަގެޖް ހަވާލެެއް ނުކުރޭ، އޭނާ ދޫއްވެޖެ
ޕާކިސްތާނުން ރާއްޖެއަށް އައި މީހަކު މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތަށް ކަސްޓަމްސް ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި އިރު އޭނާގެ ލަގެޖް ހަވާލުކޮށްފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓާނެ ހެކި ނެތިގެން ދޫކޮށްލަން ޖެހިއްޖެ އެވެ. ފުލުުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މިމަހުގެ އަށް ވަނަ ދުވަހު ރާއްޖެއަށް އައި ޕާކިސްތާނު މީހަކު ކަސްޓަމްސް އިން ފުލުހުންނާ ހަވާލުކުރީ އޭނާގެ ލަގެޖްގައި މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތަށް ކަމަށެވެ. އެހެން ނަމަވެސް ކަސްޓަމްސް އިން އޭނާ ފުލުހުންނާ ހަވާލުކުރި އިރު އޭނާގެ ލަގެޖެއް ހަވާލެއް ނުކުރެ އެވެ. "ރާއްޖެއަށް އޭނާ އައި އިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައިކަމަށާއި ލަގެޖް ގެންދިޔަ މީހެއް ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާނު މީހާގެ ލަގެޖަށް ވީ ގޮތެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިހައިތަަނަށް ލިބިފައިވާ ފުޓޭޖްތަކުން ދެނެގަނެވިފައެއް ނުވެ އެވެ. އެއާޕޯޓްގެ ބައެއް މުހިއްމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތްކަން ފުލުހުންނަށް ފާހަގަކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އޭނާއާ މެދު ތުހުމަތުކޮށް ބަންދުަގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ ވަނީ ދޫކޮށްލާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެ މައްސަލައިގައި ބަލަން ޖެހޭ ކަންތައްތައް ފުލުހުން އަންނަނީ ބަލަމުންނެވެ. ލަގެޖްގައި މަސްތުވާތަކެތި ހުރިކަމުގެ ތުހުމަތަށް ކަސްޓަމްސް އިން ހިފެހެއްޓި މީހެއްގެ ލަގެޖް ކަސްޓަމްސް އިން ފުލުހުންނާ ހަވާލުނުކުރީ ކީއްވެކަމެއް އަދި ނޭނގެ އެވެ. އޭނާ ލަގެޖްގައި މަސްތުވާތަކެތި އެތެރެކުރިކަމަށް ކަސްޓަމްސް އިން ތުުހުމަތުކުރީ އެ ލަގެޖް ނުލިބެނީސްކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ