
މަސްތުވާތަކެތީގެ މައްސަލަ އެއްގެ ތަހުގީގަށް 2 މީހަކު ހޯދަނީ
މަސްތުވާތަކެތީގެ މައްސަލަ އެއްގެ ތަހުގީގަށް 2 މީހަކު ހޯދަނީ
ލިޔުން:
މަސްތުވާތަކެތީގެ މައްސަލަތަކެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ.
މި މައްސަލާގައި ފުލުހުން ހޯދަމުންދަނީ، ކ. ގާފަރު / ހުދުވިލާ، އުމުރުން 40 އަހަރުގެ ޝީޒާ އިސްމާއީލް އާއި، ގދ. ވާދޫ / އަތަމާގެ، އުމުރުން 25 އަހަރުގެ އިހުސާން އިބްރާހީމް އެވެ.
ފުލުހުން ބުނީ އެމީހުން ހޯދަމުންދަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މައްސަލައެއްގެ ތަހުގީގަށް އެމީހުން ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެގޮތުން، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، މި ދެ މީހުން ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް މިމަހުގެ 29 ވަނަ ދުވަހު 14:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
