މާލެ: 31°C
މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް 4 މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް 4 މީހަކު ހޯދަނީ

May 8, 2024
3 ފަހަރު ބަލާފައި
މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް 4 މީހަކު ހޯދަނީ
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ފުލުހުން އިއުލާނު ކޮށްފިއެވެ. މި މައްސަލާގައި ފުލުހުން ހޯދަމުންދަނީ ހުޅުމާލެ ފެއާވިލެޖް އުމުރުން 33 އަހަރުގެ އާމިނަތު ޝީޒާ އާއި، ގއ. ކަނޑުހުޅުދޫ، ފެހިއައްސޭރި އުމުރުން 42 އަހަރުގެ ހަސަން ނަބީލް އާއި،  ތ. ތިމަރަފުށި، ބަނަފުސާގެ އުމުރުން 46 އަހަރުގެ އީސާ އިބްރާހީމްފުޅު ގެ އިތުރުން ކ. މާލެ، ހ. ދިޔަދޫ ޔޫސުފް މުހައްމަދު ޒައީމް އެވެ. ފުލުހުން ބުނީ އެމީހުން ހޯދަމުންދަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ، މައްސަލައެއްގެ ތަހުގީގަށް އެމީހުން ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ. އެހެންކަމުން، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން، މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް، މި ހަތަރު މީހުން ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، މިމަހުގެ 14 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ