މަސްތުވާ ތަކެއްޗާއެކު ހައްޔަރުކުރި ޖަލު ބަލަހައްޓާ އޮފިސަރުގެ ބަންދަށް 15 ދުވަސް ޖަހައިފި

މަސްތުވާ ތަކެއްޗާއެކު ހައްޔަރުކުރި ޖަލު ބަލަހައްޓާ އޮފިސަރުގެ ބަންދަށް 15 ދުވަސް ޖަހައިފި
ލިޔުން:
އައްސޭރި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ހައްޔަރުކުރި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުން އެ އޮފިސަރުގެ ބަންދަށް ޖަހާފައިވަނީ، 15 ދުވަހުގެ މުއްދަތު މިދިޔަ ހުކުރު ދުވަހުއެވެ.
ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަލުގައި މަސައްކަތްކުރާ އެ އޮފިސަރު ހައްޔަރުކޮށްފައިވަނީ، އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅޭ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ދިވެހި ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އަހުމަދު ވިދާޅުވީ، އެ އޮފިސަރު ވަނީ ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާކަމަށެވެ.
މީގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވީ، މިފަދަ ކަންކަމުގައި މަދުން ނަމަވެސް ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
