މާލެ: 31°C

މަސްތުވާތަކެއްޗާއެކު އަތުލައިގަތް ލަންކާ މީހުންގެ ބަންދަށް 30 ދުވަސް

January 25, 2025
532 ފަހަރު ބަލާފައި
މަސްތުވާތަކެއްޗާއެކު އަތުލައިގަތް ލަންކާ މީހުންގެ ބަންދަށް 30 ދުވަސް
ރާއްޖެ ސަރަހައްދުން މަސްތުވާތަކެއްޗާއެކު އަތުލައިގަތް ލަންކާގެ ބޯޓުން ހިފެހެއްޓި މީހުންގެ ބަންދު މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.

ރާއްޖެ ސަރަހައްދުން މަސްތުވާތަކެއްޗާއެކު އަތުލައިގަތް ލަންކާގެ ބޯޓުން ހިފެހެއްޓި މީހުންގެ ބަންދު މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.

ރާއްޖެ ސަރަހައްދުން ފެނުނު ލަންކާގެ ބޯޓަކުން 468.7 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.

މި މައްސަލައިގައި ބޯޓުގައި ތިބި ސްރީލަންކާގެ 5 މީހަކު ހައްޔަރު ކޮށްފައިވާއިރު އެންމެ ފުރަތަމަ އެމީހުން ހައްޔަރުކޮށް ބަންދު މުއްދަތަށް 30 ދުވަސްޖަހާފައިވެ އެވެ. އޭގެފަހުންވެސް އެމީހުންގެ ބަންދަށް ޑިސެމްބަރު މަހު 30 ދުވަސް ދިންއިރު އަނެއްކާވެސް ކްރިމިނަލް ކޯޓުން މިވަނީ އެމީހުންގެ ބަންދު މުއްދަތު އިތުރު ކޮށްފަ އެވެ.

އެގޮތުން މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެމީހުންގެ ބަންދަށް ވަނީ އިތުރު 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މި މީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ މި މީހުން ތިބި ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އެހެންކަމުން މި މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ބައިވެރިވުމެއް އޮތް ބައެއްކަމަށް ބެލެވޭ ކަމަށެވެ. މި މީހުންނަކީ ސްރީލަންކާގެ ރައްޔިތުންނަށް ވުމުން ފިލުމުގެ އިހްތިމާލު އޮތްކަމަށްވެސް ކޯޓު އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.

ލަންކާ ބޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށްވުރެ މަތި ކަމަށް މައުލޫމާތު ދީފައިވެ އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 344 ކިލޯގެ މެތް، 124.6 ކިލޯގެ ކޮކެއިން ހިމެނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ