މާލެ: 31°C

މަސްތުވާތަކެއްޗާ އެކު 9 މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ އެކު 9 މީހަކު ހައްޔަރު ކޮށްފި
July 9, 2023
2 ފަހަރު ބަލާފައި
މަސްތުވާތަކެއްޗާ އެކު 9 މީހަކު ހައްޔަރު ކޮށްފި
ނ. އަތޮޅާއި ރ. އަތޮޅުން މަސްތުވާތަކެއްޗާ އެކު ނުވަ މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ މި ނުވަ މީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނ. އަތޮޅާއި ރ. އަތޮޅުގެ ފުލުހުނާއި ގުޅިގެން ހިންގި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. ފުލުހުން ބުނީ، މިމަހުގެ 2 އިން 5 ވަނަ ދުވަހާ ހަމަޔަށް ހިންގި އެ އޮޕަރޭޝަނުގައި ނ. އަތޮޅުގެ ފަޅުރަށަކާއި ދުވާފަރު ބައެއް ސަރަހައްދުތަކެއްގެ އިތުރުން ދޯންޏެއް ބަލައިފާސްކޮށްފައި ވާކަމށެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި ބޮޑު ރަބަރު ޕެކެޓެއް އަދި 18 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅިގެން 25 އަހަރާއި 51 އަހަރާ ދެމެދުގެ އުމުރުގެ 9 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ނުވަ މީހުންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންގެ ބަންދަށް ހަތްދުވަހުގެ މުއަދަތު ޖަހާފައިވާ އިރު، ފަސް މީހުންގެ ބަންދަށް ވަނީ 10 ދުވަހުގެ މުއްދަތު ޖަހާފައެވެ.  އަދި މީގެ އިތުރުން އެކަކުގެ ބަންދަށް 11 ދުވަސް ވަނީ ޖަހާފައެވެ. މި މައްސަލަ ހޮޅުދޫ ޕޮލިސް ސްޓޭޝަނާއި އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން  ގެންދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ