
މަސްތުވާތަކެއްޗާ އެކު ބަންގަލަދޭޝްގެ ހަ މީހަކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗާ އެކު ބަންގަލަދޭޝްގެ ހަ މީހަކު ހައްޔަރު ކޮށްފި
ލިޔުން:
މާލޭ ގެއެއްގެ ތެރެއިން މަސްތުވާތަކެއްޗާ އެކު ބަންގަލަދޭށްގެ ހަ މީހަކު ހައްޔަރަު ކޮށްފި އެވެ.
މި ހަ މީހުން ހައްޔަރު ކޮށްފައިވަނީ، ބަނގުރާފުޅިތަކަކެއްގެ އިތުރުން މަސްތުވާތަކެތި ބޭނުން ކުރާ ބޭސްގުޅަތަކާއިކާއި އެކުގައެވެ.
ކްރިމަނަލް ކޯޓުން މި ހަ މީހުންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، މަސްތުވާތަކެއްޗާއި، މަނާ ބޭސް ބޭނުންކޮށް ގެންގުޅުމާއި، އެ ތަކެތީގެ ވިޔަފާރި ކުރުމުގެ އިތުރުން ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 41 އަހަރުގެ މީހަކާއި، 38 އަހަރުގެ މީހަކާއި، 31 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހެއްގެ އިތުރުން، 28 އަހަރުގެ ދެ މީހެކެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުގައި، މި މީހުން ދިރިއުޅޭ ކޮޓަރިން ބަނގުރާ ފުޅިތަކާއި، ގިނަ އަދަދެއްގެ ބޭސްތަކެއް ވަނީ ފެނިފައި ވެއެވެ.
މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އެ ހަމީހުންގެ ބަންދައްވެސް 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.
މި ހަ ބިދޭސީންނަކީ ވެސް އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
