
މަސްތުވާތަކެއްޗަކީ ހުރިހާ ފާފައަކަށް އަރައިގަތުމުގެ އަސްލު: ހުތުބާ
މަސްތުވާތަކެއްޗަކީ ހުރިހާ ފާފައަކަށް އަރައިގަތުމުގެ އަސްލު: ހުތުބާ
ލިޔުން:
މަސްތުވާތަކެއްޗަކީ ހުރިހާ ފާފައަކަށް އަރައިގަތުމުގެ އަސްލު ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ "މަސްތުވާތަކެތީގެ ނުރައްކާ" މި މައުޟޫގެ މައްޗަށެވެ.
އެގޮތުން، ހުތުބާގައި ބުނީ މަސްތުވާތަކެއްޗަކީ ހަމަބުއްދިއާއި ހެޔޮވިސްނުމުން މީހާ އެއްކިބާކޮށްލައި، ސިކުނޑިގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެ އެއްޗެއް ކަމަށެވެ. އަދި އޭގެ ސަބަބުން މީހުންގެ ކިބައިން އާދަޔާ ހިލާފު އަމަލުތައް ފެނި، އަމިއްލައަށް މަރުވާ ހިސާބަށް ވެސް ހިނގައިދެއެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ނާޒުކު ހިމަ ނާތުތަކަށް ވެސް ގެއްލުންވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓައިލި ނަމަވެސް ވަރުގަދަ އީމާންކަމެއް ނެތްނަމަ، އެމީހަކު އެއާ ދިމާއަށް އެނބުރި ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހުތުބާގައި ހަނދާންކޮށްދީފައިވެއެވެ.
ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ރާއާއި ބުއްދި ފިލުވާލާ ކޮންމެ އެއްޗަކާ ދުރުހެލިވާށެވެ.! ފަހެ ހަމަކަށަވަރުން އެއީ ހުރިހާ ނުބައިކަމެއްގެ އަސްލެވެ."
ހުތުބާގައި ބުނެފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުންނަކީ ވަޒީފާއެއް އަދާކުރެވޭ ވަރުގެ ބައެއް ނޫންކަމަށާއި އެފަދަ މީހަކަށް ވަޒީފާއެއް ދިނުމަށް ވެސް މީހުން ފަސްޖެހޭ ކަމަށެވެ. އަދި އެމީހުން މަސައްކަތެއް ކޮށްގެން ލިބޭ އެއްޗެއް ވެސް ހޭދަކުރަން ޖެހެނީ، ތިމާއާއި ތިމާގެ އަނބިދަރިންގެ ލާބައާއި މަންފާގެ ބަދަލުގައި، އަމިއްލަ ހަށިގަނޑުގެ ހަލާކަށް ކަމަށެވެ.
މާތްﷲ ވަހީކުރައްވާފައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ.! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަސީބު ހުރިގޮތް ބަލަން ގެންހުޅޭ ދުނިދަނޑިތަކަކީ، ޝައިތާނާއި އަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ."
"މަސްތުވާތަކެއްޗަކީ ދިޔާ އެއްޗެއް ކަމުގައި ވިޔަސް، ހިކި އެއްޗެއް ކަމުގައި ވިޔަސް، ދުމެއްކަމުގައި ވިޔަސް، އިންޖެކްޝަނެއް ކަމުގައި ވިޔަސް، ކެޕްސުލެއް ކަމުގައި ވިޔަސް، އަދި މިނޫން ބާވަތެއް ކަމުގައި ވިޔަސް ހަރާމް ތަކެއްޗެވެ." ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ހަނގުރާމަކުރަނީ މުސްލިމް ގައުމުތަކުން އެކަންޏެއް ނޫން ކަމަށާއި ޣައިރު މުސްލިމު ބައެއް ގައުމުތަކުގައި، މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރާމީހުންނަސް މަރުގެ އުގޫބާތް ދޭ ކަމަށެވެ. ހަމައެފަދައިން ރާއްޖޭގައި ވެސް އެފަދަ މީހުންނަށް މިހާރު އޮންނަ ވަރަށްވުރެ ހަރުކަށި އުގޫނާތެއް ކަނޑައެޅުމަކީ ކަންމެހެން ބޭނުން ކަމެއް ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
