މާލެ: 31°C

މްސްތުވާ ތަކެއްޗާއެކު ވިލިމާލެއިން 3 މީހަކު ހައްޔަރުކޮށްފި

March 12, 2025
146 ފަހަރު ބަލާފައި
މްސްތުވާ ތަކެއްޗާއެކު ވިލިމާލެއިން 3 މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެއްޗާއެކު ވިލިމާލެއިން 3 މީހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން 3 މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މި މަހުގެ 9 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮފަރޭޝަނެއްގައި ވިލިމާލެ އިން މަސްތުވާތަކެއްޗާއެކު 3 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އެ މީހުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަން 57.78 ގުރާމަށް އަރާ ކަމަށާއި އަދި އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 241،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށީ ކެނެރީގެ، އުމުރުން 30 އަހަރުގެ އިބްރާހީމް އިމާދު އާއި، މއ. ވިންޑްސްޓަރ 1، އުމުރުން 43 އަހަރުގެ މުޙައްމަދު ސިމްރާޙް، ގެ އިތުރުން ގދ. ރަތަފަންދޫ، ޒަމާނީއާގޭ އުމުރުން 45 އަހަރުގެ ޞަލާޙު ޝިހާބް، ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ސިމްރާޙް އާއި ޞަލާޙުގެ ބަންދަށް 15 ދުވަސް ޖަހައި އިމާދު ވަނީ ދޫކޮށްލައިފަ އެވެ. އެހެންވެ އެ މައްސަލަ އިސްތިއުނާފުކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ