
މަސްކިލޯއެއް ގަންނަ އަގު 25ރ އިން 20ރ އަށް ކުޑަކުރީ ސަރުކާރުން ދޭންޖެހޭ ސަބްސިޑީ ބޮޑުވުމުން: ޝިޔާމް
މަސްކިލޯއެއް ގަންނަ އަގު 25ރ އިން 20ރ އަށް ކުޑަކުރީ ސަރުކާރުން ދޭންޖެހޭ ސަބްސިޑީ ބޮޑުވުމުން: ޝިޔާމް
ލިޔުން:
މަސްެވެރިން ބާނާ މަސް ކިލޯއެއް 25 ރުފިޔާ އިން 20 ރުފިޔާ އަށް ކުޑަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުން މިހެން ނިންމާފައިވާއރު މިކަމާ ގުޅޭގޮތުން ސުވާލުކުރުމަށް މަސްވެރިކަމާ ބެހޭ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން ވިދާޅުވީ
25 ރުފިޔާގެ ރޭޓުން މަސްވެރީންގެ އަތުން މިފްކޯއަށް މަސްގަންނަމުންދާ ނަމަ، މި އަހަރުގެ ތެރޭގައި ސަރުކާރުން ސަބްސިޑީއަށް 1.1 ބިލިޔަން ރުފިޔާ ހޭދަކުރަން ޖެހޭ ކަމަށެވެ.
އެހެން ކަމުން އެއީ ސަރުކާރަށް މިވަގުތު އުފުލޭ ވަރުގެ ބުރައެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ސުވާލު ކުރެއްވީ، އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް ހެޔޮ ބަދަލު ގެނައުމުގެ ސިޔާސަތުގެ ދަށުން 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑު ކޮށްފައިވާ މަހުގެ އަގު ކުޑަކުރުމާ ބެހޭގޮތުންނެވެ.
މަސްވެރިންނަށް ބާނާ މަހަށް ނުދީވާ ފައިސާ ދިނުން ލަސްވުމާ ބެހޭގޮތުން މަސްވެރިން ސޯޝަލް މީޑިއާގައި ތަފާތު އެކި ގޮތްގޮތަށް ހިންހަމަ ނުޖެހުން ފާޅުކުރަމުން ދާއިރު އެފައިސާ ލޯނެއް ނަގައިގެން ނަމަވެސް ދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
