
މަޝްރޫއުތައް ހިންގަނީ އިންތިހާބުތަކަށް ބަލައިގެނެއް ނޫން: ރައީސް
މަޝްރޫއުތައް ހިންގަނީ އިންތިހާބުތަކަށް ބަލައިގެނެއް ނޫން: ރައީސް
ލިޔުން:
މިސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ކުރިއަށް އޮތް އިންތިހާބު ތަކަކީ އިންތިހާބުތަކަށް ބަލައިގެން ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ތ.ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އެޅި އެ ރަށު އިންޖީނުގޭގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުތަކުގައި ރައީސް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން މަޝްރޫއުތައް ހިންގީ އިންތިހާބުތައް ކާމިޔާބުކުރެވޭނެ ގޮތަށް ބަލައިގެން އެ ގޮތުން އިސްކަންދޭ ތަންތަނުގައި ކަމަށެވެ. އޭގެ ނަތީޖާއަކީ ރާއްޖެ ތަރައްގީ ވާން ޖެހޭ ވަރަށް ނުވެ އޮތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މީގެ ކުރިން ސަރުކާރުތަކުން ކަންތައްތައް ކުރަމުން އައިސްފައި އޮތް ގޮތުގެ ތަފްސީލަށް ނުދިޔަ ނަމަވެސް ކުރަން ފަށާފައި ހުރި މަސައްކަތްތަކުން ފެންނަނީ ކޮންމެ ފަސް އަހަރަކުން އެ އަންނަ އިންތިހާބަށް ތައްޔާރުވާތަން. ކުރިއަށް އޮތް އިންތިހާބު، އެއީ ރިޔާސީ އިންތިހާބު ކަމަށް ވިޔަސް އެ އިންތިހާބު ކާމިޔާބުކުރުމަށް ޓަކައި ބޭނުންވާ ދިމަ ދިމާޔަށް ކަންތައްތައް ކުރުން [އެއީ ކުރީގެ ސަރުކާރުތަކުން ކުރި ކަންތައްތައް ކުރި ގޮތް]،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިސަރުކާރުން ވިސްނުން ތަފާތުކޮށް، މަޝްރޫއުތައް ހިންގަމުން އަންނަނީ އެގޮތަށް އިންތިހާބުތަކަށް ބަލައިގެންނެެއް ނޫނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނުވަތަ މަޖިލީހުގެ އިންތިހާބު އެއީ އެންމެ މުހިއްމު ކަންތަކުގެ ގޮތުގައި ދެކިގެން މިސަރުކާރުން މަސައްކަތްތައް ނުކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވިސްނުން ތަފާތުކުރިން، އަޅުގަނޑުމެން މަަސައްކަތް ރާވައި ކުރިއަށް މި ގެންދަނީ ކޮންމެހެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނޫނިއްޔާ މަޖިލީހުގެ އިންތިހާބު އެއީ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކިގެނެއް ނޫން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ހިރިލަންދޫގެ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވީ ތަރައްގީއަށް ޓަކައި ފަށާފައި ހުރި މަސައްކަތްތަކާއި އެކު ކުރިއަށް ދާނީތޯ ނުވަތަ މަޑުޖެހިފައި ތިބޭނީތޯ ވިސްނަވައި ގޮތެއް ނިންމެވުމަށެވެ. އެެކަން ވިސްނުންތެރިކަމާ އެކު ނިންމާނީ ރައްޔިތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
