މާލެ: 31°C
މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް

މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް

February 5, 2024
3 ފަހަރު ބަލާފައި
މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްބާނަން ނިކުމެ އުޅުނު ދިވެހި މަސް ދޯނިތަކަކަށް ހަތިޔާރު އެޅި އިންޑިއާ ސިފައިން އެރި މައްސަލައަށް ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ބުނެ، އެ މައްސަލައިގައި ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. އެ ކުއްލި މައްސަލަ ހުށަހެޅުއްވީ، އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު އެވެ. އެ މައްސަލައަށް ވާހަކަ ދައްކަވަމުން، ރާއްޖޭގެ އުތުރުން މަސްދޯނިތަކަށް އިންޑިޔާ ސިފައިން އަރާއިރު އިރުމަތިން ޗައިނާގެ "ޖާސޫސީ" އުޅަނދުތައް މުގޯލި އަޅަމުން ދާކަމަށާއި، ސަރުކާރުން އެކަމާ ގުޅޭ މައުލޫމާތު ފޯރުކޮށް ނުދޭތީ ރައްޔިތުން ކަންބޮޑުވުމާއި ނުތަނަވަސްކަމެއްގެ ތެރޭގައި ތިބިކަމަށް މެމްބަރު ވަހީދު ވިދާޅުވި އެވެ.

ރާއްޖޭގެ  އިގްތިސާދީ ސަރަަހައްދުގެ ތެރެއިން ދިވެހި މަސްވެރި ދެ އުޅަނދަކަށް އިންޑިޔާ ސިފައިން އަރާ ހަތިޔާރާއެކު ބިރު ދައްކާފައިވާއިރު ސަރުކާރުން އެކަމާ މެދު އަމަލު ކުރަމުން ދަނީ ވަރަށް "ލޮނު މަޑު"ކޮށް ކަމަށް މެމްބަރުން ވަހީދު ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންނަށް އެބަ ފެނޭ އެބޭފުޅުންގެ ސިޔާސީ ޝައުގު ހުންނަ ކަންކަމުގައި ބަރިބަރިއަށް ވަޒީރުންނާއި ރައީސް އަރުއްވައިގެން ބައިސާތައް ކަނޑުއްވާތަން، އެކަމަކު ދިވެހި އުޅަނދުތަކަށް ބަޑި ހިފައިގެން އަރައި އުޅުނު، މިހާ ސީރިއަސް މައްސަލައެއްގައި އެކަމުގެ މައުލޫމާތު ނުދޭ،" މެމްބަރު ވަހީދު ވިދާޅުވި އެވެ.

އެ މައްސަލައިގައި މާ ބޮޑު ސަމާލުކަމެއް ސަރުކާރުން ނުދިނުމަކީ ގާނޫނީ ޒިންމާއިން ރެކުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އެހެންވެ، އެ މައްސަލައިގައި ފިޔަވަޅު އަޅަން ކުއްލިމައްސަލާގައި ވަނީ ގޮވާލައިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ