
މަސައްކަތުގައި ކުރިއަށްދެވޭނީ މަސައްކަތާދޭތެރޭ ވަރަށް ހާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައިގެން: ސީޕީ ހަމީދު
މަސައްކަތުގައި ކުރިއަށްދެވޭނީ މަސައްކަތާދޭތެރޭ ވަރަށް ހާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައިގެން: ސީޕީ ހަމީދު
ލިޔުން:
ފުލުހުންގެ މަސައްކަތުގައި ކުރިއަށް ދެވޭނީ މި މަސައްކަތާ ދޭތެރޭ ވަރަށް ހާއްސަ ލޯތްބަކާއި ޝައުގެއް ބަހައްޓައި އެޝައުގުވެރިކަން ދަމަހައްޓައިގެންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ މިގޮތަށް ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ދެވަނަ ''އިންސްޕެކްޓަރ ކޯސް'' ނިންމުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ރަސްމިއްޔާތުގައި، ސީޕީގެ ވާހަކަފުޅު ފެއްޓެވުމުގެ ގޮތުން، އިންސްޕެކްޓަރ ކޯހުން ދަސްވެނިވި ފުލުހުންނަށާއި އެ ފުލުހުން ނިސްބަތްވާ ބަހާތަކުގެ ވެރިން އަދި އެ ފުލުހުންގެ އާއިލާތަކަށް ތަހުނިޔާއާއި މުބާރަކު ބާދީ އަރިސްކުރައްވައި ކޯހުން ވަނަތައް ހާސިލުކުރި ފުލުހުންނަށް މަރުހަބާ ދެންނެވިއެވެ. އަދި ފުލުހުންގެ ކެރިއަރުގައި އެ ހުރިހާ ފުލުހުންވެސް ހޯދީ ވަރަށްވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމާއި މިކާމިޔާބީއަކީ ހަމަ އެ ފުލުހުންކުރި މަސައްކަތުގެ ނަތީޖާކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، މަސައްކަތު މާހައުލާއި އާއިލާއާ އަދި އެނޫންވެސް އަމިއްލަ އެތައްކަމެއް ދޫކޮށް، އައްޑޫ ސިޓީގައި ގާއިމުކޮށްފައި ހުރި ތަމްރީނު މަރުކަޒަށް އައިސް ދަސްކުރި އެންމެހައި އިލްމަކީ ދިވެހި ފުލުހެއްގެ ހައިސިއްޔަތުން މަސައްކަތުގެ މާހައުލުގައި ފުރިހަމައަށް ތަންފީޒުކުރާނެ ކަންކަމަށް ވުމަކީ ވަރަށް ބޮޑަށް އެ ދޭކަމެއް ކަމަށެވެ. ހަމައެހެންމެ އެ ތަމްރީނަކީ އަދި މިނޫންވެސް ފުލުހުންނަށް ފޯރުކޮށްދެވޭ ކޮންމެ ތަމްރީނަކާއި އުނގެނުމުގެ ފުރުސަތަކީ އެ ތަމްރީނެއް ފުރިހަމަކުރާ މުވައްޒަފަށް އަދި މުޅި މުއައްސަސާއަށްވެސް ގިނަގުނަ ފައިދާތަކެއް ކުރާނެކަމެއްކަން ޔަގީންކުރައްވާކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
މަސައްކަތަށް ބޭނުންވާ އިލްމާއި ހުނަރާއި ގާބިލުކަން ހޯދުމުގައި ކޮންމެ މުވައްޒަފެއްގެވެސް ވަރަށް މުހިންމު ޒިންމާއެއްވާ ކަމާއި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ތަމްރީނުތަކަށް މުވައްޒަފުން ހޮވިގެން ދިއުމަކީ ވަރަށް އިސްކަންދޭ ކަމެއްކަމަށް ސީޕީ ވަނީ ވިދާޅޫވެފައެވެ. އަދި ފުލުހުންނަށް ދެވޭ ތަމްރީނުތަކުގެ ތެރެއިން އިންސްޕެކްޓަރ ކޯސް ހާއްސަވާ މުހިންމު ސަބަބަކީ މިއީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ފުރިހަމަކުރަން ކަނޑައެޅިފައިވާ ތަމްރީނެއްކަމަށާއި މި ތަމްރީނާއި، މި ގިންތީގެ ރޭންކުތަކަށް ބޭނުންވާ ލީޑަރޝިޕާއި މެނޭޖްމަންޓުގެ ހުނަރު ކޯހުގެ ބައިވެރިންނަށް ދެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، ކޯސް ނިންމި ފުލުހުންގެ ތެރެއިން މި ހާއްސަ ކްލަބަށް ވަނުމުގެ ފުރުސަތު މުސްތަގުބަލުގައި ލިބިގެންދާ ފުލުހުންނަށް އެ ލިބެނީ ވަރަށް ހާއްސަ ޝަރަފެއްކަމަށާއި ފުލުހުންގެ ހިދުމަތުގެ މުސްތަގުބަލުގެ ލީޑަރުން ބިނާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި، ކޯސް ނިންމި ފުލުހުންނަށްވެސް ތަފާތު ފުރުސަތުތަކާއި ތަޖުރިބާތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާ އަދި ގަދައަޅައި މަސައްކަތްކުރާ ފުލުހުންނަށް އެ މީހަކަށް ހައްގު ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމުގައި ސީޕީ ވިދާޅުވިއެވެ.
މިގޮތުން، އިންސްޕެކްޓަރ ކޯހުން މަތީ ވަނަ ހޯދާ ފުލުހުންނަށް، ސީޕީގެ ހާއްސަ ފެލޯޝިޕެއް ތައާރަފުކުރުމަށް ނިންމާފައިވާކަމަށާއި މި ފެލޯޝިޕް ލިބޭ ފުލުހުންނަށް، އެ ފުލުހެއްގެ މަސައްކަތުގެ ދާއިރާއިން ބޭރުގައުމެއްގެ ފުލުހުންގެ އިދާރާއެއްގައި ކަނޑައެޅޭ މުއްދަތަކަށް ތަޖުރިބާ ހޯދުމަށް އެޓޭޗްމަންޓުގެ ފުރުސަތު ފަހިކޮށްދެވިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި ފެލޯޝިޕާ ގުޅޭ އިތުރު ތަފްސީލު އެކަމާ ގުޅޭ ބަހާއިން ވަރަށް އަވަހަށް އިއުލާނުކުރާނެކަމަށް ސީޕީ ވިދާޅުވިއެވެ.
އޭގެ އިތުރުން، ކޮންމެ ފުލުހަކީވެސް އެ ފުލުހެއްގެ މަގާމުގެ ނިސްބަތުން، އަދާކުރާ މަސްއޫލިއްޔަތުގައި ލީޑަރޝިޕް ދައްކަންޖެހޭނެ މުވައްޒަފުންކަމަށާއި ޒަމާނީ ޕޮލިސިންގެ އޮނިގަނޑުތަކާއި އިންތިޒާމުތައް ފުލުހުންގެ ތެރޭގައިވެސް އެބަހުރިކަން ސީޕީ ފާހަގަކުރެއްވިއެވެެ.
ސީޕީ ވިދާޅުވީ، ފުލުހުންގެ މަސައްކަތުގައި، މި ޕްރޮފެޝަންގައި މަސައްކަތުގެ ޕެޝަން ވަރަށް މުހިންމުކަމަށާއި ފުލުހުންގެ މަސައްކަތަކީ ވަރަށް ޑިމާންޑިންގ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގައި ޕެޝަނާއެކު ދިގުމުއްދަތެއްގައި މަސައްކަތްކުރުމަށް ރަނގަޅު ޕޮސިޓިވް އެޓިޓިއުޑެއްގައި ހުރުން އެއީ ވަރަށް މުހިންމު ކަމެއްކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
މީގެ އިތުރުން ސީޕީ ވިދާޅުވީ، މިހާރު ފުލުހުންގެ މުއައްސަސާއަށްވެސް ބޭނުންވަނީ މުސްތަގުބަލުގެ ތްރެޓްތަކާއި އާންމު ރައްކާތެރިކަމަށް ހުރި ރިސްކުތައް ދަށްކުރުމަށް ހައްލު ހޯދޭނެ ގާބިލުކަމާއި ހުނަރު ހުރި ފުލުހުންކަމަށެވެ. އަދި އަލަށް ތައާރަފުވަމުން އަންނަ ކުށްތަކަށްވެސް އުފެއްދުންތެރި އައު ހައްލުތައް ހޯދުމަށާއި މިއަދު ފުރިހަމަކުރި ތަމްރީނުގެ އަލީގައި އެފަދަ އައު ހައްލުތައް ހުށަހަޅައި ތަންފީޒުކުރާނެ ފުލުހުންކަމުގައި ކޯހުގެ ބައިވެރިން ވާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް ސީޕީ ވިދާޅުވިއެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
