" ބަޔަކު އޮޅުވާލައިގެން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ހަގީގަތް އެއޮތީ ފެންނަން. މި ސަރުކާރުން އަޅުގަނޑުމެން ކަންތައްތައް މިކުރަނީ ޕްލޭންކޮށްގެން، ރާވައިގެން ބަޖެޓްކޮށްގެން. ހަމަ ހެނދުނު ހޭލާފައި ހުރިހާ ވަޒީރުން އެއްކޮށްފައި، އާނ މިއަދު ކުރަންވީ މީނދަކަމެކޭ ބުނެފައި މާދަމާ އަނެއް ކަމަކަށް އެނބުރިލާ ގޮތަކަށް ނޫން އަޅުގަނޑުމެން މިކުރަނީ އަކީ،" ރައީސް ވިދާޅުވި އެވެ.އެހެން ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުގެ ސަަބަބުން ދަތިތަކެއް ކުރިމަތިވި ކަމަށާއި ހަގީީގީ މަސައްކަތެއް ކުރަން ދެ އަހަރާއި ބައި ވެސް ސަރުކާރަށް ނުލިބޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ ދައްޗާ އެކުގައި ވެސް އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެމެވެ. ރާއްޖޭގައި އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރެވޭނީ އެޕާޓީގެ ޕްރައިމަރީ އެމަނިކުފާނަށް ކާމިޔާބު ކުރެއްވިގެން ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ރޭ ވެސް ތަކުރާރު ކުރެއްވި އެވެ. އެއީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެމްޑީޕީގެ އިތުރުން އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ގަބޫލުކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މަސައްކަތް މިކުރަނީ ހެނދުނު ހޭލާފައި އެދުވަހަކު ކުރާނެ ކަމެއް ނިންމާ އުސޫލަކުން ނޫން: ރައީސް

މަސައްކަތް މިކުރަނީ ހެނދުނު ހޭލާފައި އެދުވަހަކު ކުރާނެ ކަމެއް ނިންމާ އުސޫލަކުން ނޫން: ރައީސް
ލިޔުން:
ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނަނީ "ހެނދުނު ހޭލާފައި އެ ދުވަހަކު ކުރާނެ ކަމެއް އެ ދުވަހަކު ނިންމާ" އުސޫލުން ނޫން ކަމަށާއި ކުރާނެ މަސައްކަތް ދުރާލައި ރާވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުަރައްވަން ހއ. ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަނީ ޕްލޭންކޮށް، ބަޖެޓްކޮށް، އެކަމަކަށް ބޭނުްވާ ފައިސާ ވެސް ހުރެގެން ކަމަށެވެ. ބެލެވޭ ގޮތުގައި އެވާހަކަފުޅަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ ތުހުމަތުތަކަށް ދެއްވި ރައްދެކެވެ.
ޕްރައިމަރީގެ ކެމްޕޭނުގައި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ނަޝީދު ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން މަޝްރޫއުތައް ފަށަނީ ދުރާލައި ޕްލޭންކޮށްގެން ނޫން ކަމަށާއި އެހެންވެ ގިނަ މަަސައްކަތްތައް ހުރީ ހުއްޓިފައި ކަމަށެވެ. ބައެއް ރަށްރަށުގެ މަގުތަކުުގައި ތާރު އެޅުމުގެ މަސައްކަތް ފެށި އިރު އެކަމަށް ބޭނުންވާ ތާރު ވެސް ނެތް ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ރައީސް ސޯލިހު ރޭ ވިދާޅުވީ ބަޔަކު އޮޅުވާލައިގެން ކޮންމެ ވާހަކައެއް ދެއްކިޔަސް ސަރުކާރުން ފަށާފަިއވާ މަޝްރޫއުތައް ދަނީ ކުރިއަށް ކަމަށާއި އަރާ ކޮންމެ ރަށަކުން އެކަން ފެންނަން އޮންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
