
މަސައްކަތު މާހައުލުގެ ސަލާމަތާ ބެހޭ ބިލުގެ ދިރާސާތައް ޖޫން މަހު ނިމޭނެ : ތަރުޖަމާނު
މަސައްކަތު މާހައުލުގެ ސަލާމަތާ ބެހޭ ބިލުގެ ދިރާސާތައް ޖޫން މަހު ނިމޭނެ : ތަރުޖަމާނު
ލިޔުން:
މަސައްކަތު މާހައުލުގެ ރައްކާތެރިކަމާ ބެހޭ ބިލަށް ބޭނުންވާ ދިރާސާ ކުރުމުގެ މަސައްކަތް އަންނަ ޖޫންމަހު ނިމޭނެ ކަމަށް ސަރުކާރުން ސަރުކާރުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ބިލު ގެ މަަސައްކަތް ކުރިއަށްދާލެއް ލަސްކަމަށް ފާހަގަކޮށް ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، މަސައްކަތު މާހައުލުގެ ރައްކާތެރިކަމުގެ ބިލުގެ މަަސައްކަތް ކުރިއަށް ދާ ގޮތް ލަހެއްނޫނަކަމުގައެވެ.
" މި ބިލަކީ ވަރަށް ގިނަ ޓެކްނިކަން ކަންތައް ތަކެއް ހިމެނޭ ބިލަކަށް ވާތީ، ދިރާސާތަކެއް ކުރެވެމުން ދަނީ، މިހާރު ކޮންސަލްޓޭޝަން ޕްރޮސެސް ކުރިއަށް އެދަނީ " މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ މިމަހުގެ 20 ވަަނަ ދުވަހުގެ ނިޔަލަށް އާންމުންގެ ހިޠާލުޙޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި ބިލް ދިރސާކޮށް ނިންމުމަށް ޖޫންމަހުގެ ފަހުކޮޅަށް ހަަމަޖެހިފައިވާ ކަމުގައި ވެސް މިއުވާން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު ތައާރަފުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
މި ބިލު ހުށަހަޅާފައި ވަނީ ރާއްޖޭގައި މަސައްކަތްތެރިން މަސައްކަތްކުރާ މާހައުލުގެ ސަލާމަތްތެރިކަމާއި މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކޮށްދެވޭ ފަދަ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުން ކަމަށެވެ.
އަދި ރާޢްޖޭގެ މަސައްކަތްތެރިންގެ ސިއްހަތާއި ސަލާމަތާ ގުޅޭ ގޮތުން ނިންމާ ނިންމުން ތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދޭނެ ނިޒާމެއް ގާއިމުކުރުމާއި، މަސައްކަތު މާހައުލު ގައި މަސައްކަތްތެރިންނަށް ލިބޭ އަނިޔާ އާއި ގެއްލުންތަކަށް ބަދަލު ދެވޭނެ ނިޒާމެއް ކަނޑައެޅުން މި ބިލު ހުށަހެޅި ސަބަބެއް ކަމުގައި ހިމެނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
