މާލެ: 31°C

މަސައްކަތް ހަރުދަނާ ކުރުމަށް، ޝަރީފްގެ ބެއްލެވުމުގެ ދަށުން ސްޓެލްކޯއިން ހާއްސަ ޓީމެއް

މަސައްކަތް ހަރުދަނާ ކުރުމަށް، ޝަރީފްގެ ބެއްލެވުމުގެ ދަށުން ސްޓެލްކޯއިން ހާއްސަ ޓީމެއް
April 26, 2023
2 ފަހަރު ބަލާފައި
މަސައްކަތް ހަރުދަނާ ކުރުމަށް، ޝަރީފްގެ ބެއްލެވުމުގެ ދަށުން ސްޓެލްކޯއިން ހާއްސަ ޓީމެއް
މިދުވަސްވަރު އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓުބޭނުންކުރާ މިންވަރު މައްޗަށް ގޮސްފައިވާތީ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ސްޓެލްކޯއިން، ހާއްސަ މަސައްކަތްތަކެއް ފަށާ، އެކަމަށް ޓީމެއް އުފައްދައިފިއެވެ. އެޓީމުގެ މަސައްކަތް ކުރިއަށްދާނީ ސިީދާ، މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން ކަމުގައި ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނީ ހޫނު މޫސުމާ ގުޅިގެން ރެކޯޑު އަދަދަކަށް މިދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އެކުންފުނިން ރައްޔިތުންނަށް ދެމުން އަންނަ ކަރަންޓުގެ ހިދުމަތްތައް މެދުކެނޑުނަނުދިނުމަށް ކުރާ މަސައްކަތް އިތުރުކުރިކަމަށެވެ. [embed]https://twitter.com/STELCOMALDIVES/status/1650870621071609857[/embed] މިދުވަސްވަރުު ޕީކްލޯޑް ދަށްކުރުމަށްޓަކާ ކުރާ މަސައްކަތްތަކުގެ ތެރޭގައި އެ ކުންފުނީގެ ހުރިހާ އެއަރކޮންޑިޝަންތަކެއް 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ބެހެއްޓުމަށް ސްޓެލްކޯއިން ނިންމާފައިވާކަމަށް އެކުންފުނިންބުންޏެވެ. އަދި އެގޮތަށް އަމަލުކުރުމަށް އެހެން ފަރާތްތަކަށް ވެސް އިލްތިމާސްކުރެއެވެ ހޫނުން ސަލާމަތްވުމަށްޓަކައި ރައްކާރެތިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ ސްޓާފުން ރަސްމީ އޮފީސް ހެދުމުގެ ބަދަލުގައި، ކުރިއަށް އޮތް އެއް މަސްދުވަހަށް، ކުންފުނީގެ ޔުނީފޯމްގައި އޮފީހަށް އައުމުގެ އިހުތިޔާރު ވެސް ސްޓެލްކޯއިން ވަނީ ދީފައެވެ. މިދުވަސްވަރު ރާއްޖޭގެ ހޫނުމިން 40 ޑިގްރީއިން މައްޗަށްދާނެތީ އެކަމާ ސަމާލުވުމުމަށް މެޓް އޮފީހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ