މާލެ: 31°C

މަހަށް ނިކުމެ އުޅުނު މީހެއްގެ ލޮލަށް ބުޅިއެއްހެރިއްޖެ

މަހަށް ނިކުމެ އުޅުނު މީހެއްގެ ލޮލަށް ބުޅިއެއްހެރިއްޖެ
April 29, 2023
2 ފަހަރު ބަލާފައި
މަހަށް ނިކުމެ އުޅުނު މީހެއްގެ ލޮލަށް ބުޅިއެއްހެރިއްޖެ

މަސްދޯންޏަކުން މަހަށް ނިކުމެ އުޅުނު މީހެއްގެ ލޮލަށް ބުޅިއެއްހެރިއްޖެ އެވެ.

ލޮލަށް ބުޅިއެއްހެރި އަނިޔާވެފައިވަނީ ތ.ގުރައިދޫ 'އޯޝަން ލައިފް' ނަމަކަށް ކިޔާ މަސް ދޯނީގައި ހުރިރިލްވާން ރިޒާމް ( ރީތޯ ) ނަމަކަށް ކިޔާ ފަޅުވެރިއަކަށެވެ.

އެމްއެންޑީއެފް އިން ބުނީ މަސްވެރިކަމަށް ނުކުމެ އުޅުނު "އޯޝަން ލައިފް" ނަމަކަށް ކިޔާ މަސް ދޯނީގައި ހުރި ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ގދ.ތިނަދޫއާ 31 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއްހެރި އަވަސް ފަރުވާބޭނުންވާ ކަމުގެ މަޢުލޫމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 09:55 ހާއިރުއެވެ.

މި މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން، ހާބަރ ކްރާފްޓުގައި ރީތޯ ވަނީ މިއަދު 11:45 ހާއިރު ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްދީފައިވާކަމަށް އެމްއެންޑީއެފުން ބުންންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ