
މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވ. އަތޮޅުތެރޭން ފެނިއްޖެ
މަރުވެފައިވާ މީހެއްގެ ހަށިގަނޑު ވ. އަތޮޅުތެރޭން ފެނިއްޖެ
ލިޔުން:
މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް، ވ. އަތޮޅުގެ އެތެރެވަރިން، ފެނިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކަނޑުތެރޭގައި އޮތް އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ، ސިފަ ވަކިނުވާ ވަރަށް ހަލާކުވެފަ އެވެ.
ފުލުހުން ބުނީ ވ. އަތޮޅު ވެމްޕަރު ފަރު ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް މިއަދު ހެނދުނު 9:03 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެ ހަށިގަނޑު މިހާރު ފުލުހުންގެ ލޯންޗަކަށް ނަގާފައިވާ ކަމަށެވެ. އެއާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ވ. އަތޮޅު ތެރޭން އިންސާނެއްގެ ހަށިގަނޑު ފެނިފައި މިވަނީ މީހުން ގެއްލުމުގެ ބައެއް ހާދިސާތައް ހިނގާފައި ވަނިކޮށެވެ. އެންމެ ފަހުން ހިނގި އެފަދަ ހާދިސާއަކީ ވިލިމާލެއިން ފުރި ތެޔޮބޯޓެއްގައި ތިބި ދެމީހަކު ގެއްލުމުގެ ހާދިސާއެވެ. އެ ދެމީހުން ދަތުރުކުރި ބޯޓް ފެނުނީ ހުޅުލޭގެ ނެރުކައިރިން އޮޔާާ ދަނިކޮށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
