މަރެއްގެ ތަހުގީގަށް ނިޒާމު ދެމަހަށް ބަންދުކޮށްފި

މަރެއްގެ ތަހުގީގަށް ނިޒާމު ދެމަހަށް ބަންދުކޮށްފި
ލިޔުން:
ތެޔޮ ބޯޓެއްގައި ގެއްލުނު ކަމަށް ރިޕޯޓްކޮށްފައި ވަނިކޮށް މާލެއިން ފެނިގެން، މަރެއްގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ތަހުގީގަށްގދ. ތިނަދޫ / މަނާރު، މުހައްމަދު ނިޒާމް (45)، ދެމަސް ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ނިޒާމާއި އެކު ބިދޭސީއަކު ތެޔޮ ބޯޓެއްގައި ދަތުރުކުރަމުން ދަނިކޮށް އެ މީހުންގެ ހަބަރެއް ނުވެގެން ހޯދުމަށް ފުލުހުން އިއުލާނު ކުރި އެވެ. އޭރު ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފެނުނު އެ ތެތޮ ބޯޓުން އެދެމީހުން ފެންނަން ނެތް ކަމަށެވެ.
މާލެ މަގެއްގެ މަތިން ފެނިގެން އިއްޔެ ނިޒާމް ހައްޔަރު ކޮށްފައިވާއިރު، ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކުރިއަށް ދިޔަ އަޑުއެހުން ގެންދިޔައީ ސިއްރުންނެވެ. ބެލެވޭ ގޮތުގައި މިއަދުގެ އަޑުއެހުން ސިއްރުން ކުރިއަށް ގެންދިޔައީ ތަހުގީގުގެ ކުރީކޮޅު ކަމަށް ވުމުންނެވެ. ނުވަތަ ހުޅުވާލައިގެން ކުރިއަށް ގެންދާ އަޑުއެހުމެއްގެ ސަބަބުން އާންމުވާ މައުލޫމާތަކާއި އެކު ތަހުގީގަށް އަސަރު ފޯރަފާނެ ކަމުގެ އިހުތިމާލު އޮތުމުނެވެ.
އެހެންވެ އެ އަމުރު އަދި ކްރިމިނަލް ކޯޓު ވެބްސައިޓުގައި ވެސް އާންމު ކޮށްފައި ނުވެއެވެ.
ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އޭނާ ހައްޔަރު ކުރީ މަރުގެ މައްސަލައެއްގައި ކަން އެނގިފައި ވީނަމަވެސް، އެއީ ކާކުގެ މަރެއް ކަމެއް ނޭނގެއެވެ. އަދި ކުރެވޭ ތުހުމަތެއްވެސް ސާފުވެފައި ނުވެއެވެ. ބިދޭސީ މީހާ މިހާތަނަށް ފެނިފައި ނުވާއިރު، ބޮޑަށް ބެލެވެނީ ނިޒާމަށް ތުހުމަތު ކުރަނީ ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ މަރައިލިކަމުގެ ތުހުމަތު ކަމަށެވެ. އެހެން ނަމަވެސް އެކަން ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ކަށަވަރު ކޮށްދީފަ ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
