މަގުބޫލު ސަބަބުތަކާ ހެދި ކިޔެވުން ފުރިހަަމަ ނުކުރެވުނު ދަރިވަރުންނަށް ލޯނު އިތުރުކޮށްދެނީ

މަގުބޫލު ސަބަބުތަކާ ހެދި ކިޔެވުން ފުރިހަަމަ ނުކުރެވުނު ދަރިވަރުންނަށް ލޯނު އިތުރުކޮށްދެނީ
ލިޔުން:
ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ލޯނު ދިން ދަރިވަރުންގެ ތެރެއިން އެ ދަރިވަރުންގެ ބާރެއް ނުހިނގާ ސަބަބުތަކާ ހެދި ކިޔެވުން ފުރިހަަމަ ނުކުރެވުނު ދަރިވަރުންނަށް ލޯނު އިތުރުކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ އަމިއްލަ އިހުތިޔާރުން ބޭރު ސަބަބުތަކާ ހެދި ކިޔެވުން ފުރިހަމަ ނުކުރެވުނު 120 ދަރިވަރަކަށް ލޯނު އިތުރުކޮށްދޭން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގޮތަށް ލޯނު އިތުރުކުރުމުގެ ފުރުސަތު ދެނީ މިފަހަރު އިއުލާނު ކުރި ސްޓޫޑެންޓް ލޯނު ފުރުސަތުތަކުގެ ތެރޭގައި ހިމަނައިގެންނެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ހިނގައްޖެ ވޭތުވެ ދިޔަ އަހަރުތަކުގައި، ސަރުކާރުން ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނީމާ ވެސް އެ ކުދިންގެ އިހުތިޔާރުން ބޭރުން ހިނގާ ކަންތައްތަކުގެ ސަބަބުން ކިޔެވުން ފުރިހަމަނުކުރެވި އެބަދޭ. އެއީ ލޯނުގެ ފައިސާ ހުސްވެގެން ދާއިރު ވެސް. އެހެންވީމާ އެފަދަ ދަރިވަރުންނަށް އަލުން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޓަކައި ލޯނު އެކްސްޓެންޝަނެއްގެ ގޮތުގައި އަޅުގަނޑުމެން 120 ދަރިވަރަކަށް ފުރުސަތު ދޭނަން މިފަހަރު،" މިނިސްޓަރު ވިދާޅުވި އެވެ.
ސްޓޫޑެންޓް ލޯނު ދޫކުރަން މިފަހަރު ހުޅުވައިލި ފުރުސަތުގައި އޮތް ހާއްސަ އަނެއް ކަމަކީ ޑޮކްޓަރޭޓް ޑިގްރީއާ ހިސާބަށް ކިޔަވަން ހާއްސަ ފުރުސަތު ތަކެއް ވެސް ހިމެނުމެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިފަހަރު ދޫކުރާ ލޯނުތަކުގެ ތެރެއިން 15 ފުރުސަތެއް ޕީއެޗްޑީއަށް ވަނީ ހާއްސަ ކޮށްފަ އެވެ.
"އޭގެ ތެރޭގައި މިހިމެނެނީ ހަމަ ހުސް، އަލަށް ޕީއެޗްޑީ ހަަދަން ބޭނުންވާ ފަރާތްތަކަށް ދޭ ފުރުސަތު. މި 15 ފުރުސަތު އަޅުގަނޑުމެން މިދެނީ މިފަހަރު ރާއްޖޭގެ ޔުނިވާސިޓީ ކޮލެޖްތައް ބާރުވެރިކުވުމަށް ޓަކައި، އެތަންތަނުގައި މަސައްކަތް ކުރާ ނުވަތަ މަސައްކަތް ކުރަން ބޭނުންވާ އެކަޑަމިކް ސްޓާފުންގެ ފެންވަރު ރަނގަޅުކޮށް، އެތަންތަނުގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކޮށް، އެހިދުމަތް ރަނގަޅަށް ދިނުމަށް ޓަކައި،" ޑރ. އިބްރާހީމް ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީއެޗްޑީއަށް ކިޔެވުމަށް ޓަކައި ލޯނަށް އެދޭ ފަރާތްތަކުން ޔުނިވާސިޓީއެއް ނުވަތަ ކޮލެޖެއްގެ ނޮމިނޭޝަން ސިޓީއެއް ހުށަހަޅަން ޖެހޭނެ އެވެ. އެ ލޯނުތަކަށް ކުރިމަތިލުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކާއި ހުށަހަޅަން ޖެހޭ ލިޔެކިއުންތަކުގެ ތަފްސީލު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި
މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
