މާލެ: 31°C

މަންދިގެ ގަޔަށް ކަޅުތެޔޮޖެހުން ފަސްޓްލެޑީ ކުއްވެރިކުރައްވައިފި

March 17, 2025
187 ފަހަރު ބަލާފައި
މަންދިގެ ގަޔަށް ކަޅުތެޔޮޖެހުން ފަސްޓްލެޑީ ކުއްވެރިކުރައްވައިފި
ރައީސް ގެ އާއިލާ އާއި ގުޅޭގޮތުން އެމްޑީޕީގެ އެއްވުމެއްގައި މަންދި ޒުބައިރު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން މެޑަން ސާޖިދާގެ ފަރާތުން ބާޔާނެއް ނެރެފައިވަނީކޮށް ރޭ އެމްޑީޕީގެ މުޒާހިރާ ނިންމާފައި ދަނިކޮށް މަންދިގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހުމާ ގުޅިގެން ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު އެކަން ކުއްވެރިކުރައްވައިފިއެވެ.

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގެ ގަޔަށް މަގުމަތިން ރޭ ބަޔަކު ކަޅުތެޔޮ ޖެހި މައްސަލާގައި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު އެކަމަނާގެ އެކްސް އެކައުންޓުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އަދި އިތުރަށް ވިދާޅުވެފައިވަނީ އެއްވެސް މީހަކަށް އެފަދަ ހަމަލާއެއްދީ އުނދަގޫ ކުރުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި ނުތަނަވަސްކަން އިތުރުވިޔަ ނުދީ އިންސާފް ގާއިމްކުރުމަށް މަގުފަހިކޮށްދިނުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.

އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ރައީސްގެ ދޮށީ ފިރިހެން ދަރިކަލުން ވޭޕް ބޭނުންކުރުމުން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. ނަމަވެސް މަންދި ގެ އެވާހަކަތަކާ ގުޅުވައިގެން މެޑަމްގެ ފަރާތުން އެކަން ކުއްވެރިކޮސް ބަޔާނެއް ނެރެ އަދި އެފަދަ ވާހަކަށް ދައްކާ ފަރާތަތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް މިދިޔަ ހޮނިހިރު ދުވަހު މެޑަމް ސާޖިދާގެ ފަރާތުން ލޯޔަރު އާޒިމާ ޝުކޫރު ވަނީ ވިދާޅުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ