ރައީސްގެ އާއިލާއާއި ގުޅޭގޮތުން ދޮގުމައުލޫމާތު ފަތުރާ ފަރާތްކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ބުނެފި އެވެ.
ރައީސްގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ގާނޫނީ ވަކީލް އާޒިމާ ޝުކޫރު ވިދާޅުވީ ސިޔާސީ ކަންކަމުގައި ނޫޅުއްވާ އެމަނިކުފާނުގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހިރާގައި ދައްކަވާފައިވާ ވާހަކާގައި ބުނެފައިވާ ވާހަކަ ތަކަކީ ދޮގު ވާހަކަ ތަކެއް ކަމަށާއި، އެމަނިކުފާނުގެ ދަރިކަލުންނަކީ އެއްވެސް އިރެއްގައި ދުންފަތުގެ އިސްތިއުމާލެއް ނުވަތަ އެފަދަ އަމަލެއް ހިންގާފައިވާ ކުޖެއް ނޫންކަމަށެވެ.
އާއިލާގެ ފަރާތުން ބާޔާނެއް އިއްވެވުމަށްފަހު ގާނޫނީ ވަކީލު އާޒިމާ ޝުކޫރު ވިދާޅުވީ ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން އެމްޑީޕީގެ މުޒާހިރާ އެއްގައި ދައްކަވާފައިވާ ވާހަކަތަކަކާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އަށާއި އެ ޕާޓީގެ އެކްޓިވެސްޓް މަންޒި ޒުބައިރު އާއި އެމްޑީޕީގެ މަށްޗަށް ފިޔަވަޅު އެލުމަށް އެދި ދައުވާ ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން މަންދި ޒުބައިރު ގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވަނީ މުޒާހިރާގައި އޭނާ ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށާއި، އަދި ފައްޔާޒު ގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވަނީ އެކަމާ ގުޅިގެން ފައްޔާޒު އެކްސް ގައި ކުރައްވާފއިވާ ޕޯސްޓާ ގުޅިގެން ކަމަށާއި، މީގެ އިތުރުން އެމްޑީއާއި ދެކޮޅަށް މައްސަލަ ހުށަހެޅުމަށް ނިންމާފައިވަނީ އެވާހަކަތަކަކީ އެމްޑީޕީގެ މުޒާހިރާއެއްގެ ތެރޭގައި ދައްކާފައިވާ ވާހަކަތަކަކަށް ވާތީ ކަމަށެވެ.







