ހއ. އިހަވަންދޫ ޒުވާން މަންމައަކު އޭނާގެ ކުޑަ އަންހެން ދަރިފުޅާ އެކު ހުޅުމާލެއިން ގެއްލިގެން ހޯދަން ފަށައިފި އެވެ.
އެއީ ހއ. އިހަވަންދޫ، ނަސްރީނުގެ، އައިޝަތު އިހްސާނާ (32އ) އެވެ.
ފުލުހުން ބުނީ އައިޝަތު އިހްސާނާގެ ހަބަރެއް ނުވެ އާއިލާއަށް ގެއްލިފައިވާ ކަމަށް މިދިޔަ އަންގާރަ ދުވަހު ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އައިޝަތު އިހްސާނާ އެންމެ ފަހުން ފެނިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު، އޭނާ ދިރިއުޅޭ ހުޅުމާލެ، ހިޔާ 06-4-15 އިން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. އޭނާ ގެއްލިފައިވަނީ އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅާއެކުގައި ކަމަށް އާއިލާއިން ބުނާ ކަމަށްވެސް ފުލުހުން ބުނެއެވެ.އައިޝަތު އިހްސާނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.







