މާލެ: 31°C
މާލޭގެ މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ހިއްސާ ކުރަން އެދިއްޖެ

މާލޭގެ މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ހިއްސާ ކުރަން އެދިއްޖެ

March 19, 2024
2 ފަހަރު ބަލާފައި
މާލޭގެ މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ހިއްސާ ކުރަން އެދިއްޖެ
މާލޭގެ މަގުމަތީގައި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކުނި ބަހައްޓާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ. މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ މަގުމަތީގައި އަދިވެސް ކުނިތައް ބަހައްޓަމުން ގެންދާ ކަމަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ދަތިވާ ގޮތަށް ދުވާރު މަތީގައި އާއި ގޯޅި ކަންމަތީގައި ވެސް ކުނިތައް ބަހައްޓަމުންދާ ކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން، އެފަދަ ކަންތައްތައް ކުރާ މީހުން ހޯދުމުގެ މަސައްކަތް ކައުންސިލުން ފަށައިފައިވާ ކަމަށް ބުނެފައިވެއެވެ. https://twitter.com/MaleCitymv/status/1769801228970520763 މާލެ ސަރަހައްދު ސާފުތާހިރުކޮށް ބޭއްވުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ އެކަނި ޖުމުލަ 22.3 ޓަނުގެ ކުނި ވަނީ ނަގައިފައެވެ. އެގޮތުން، ކުނި ނެގުނު އަދަދަށް ބަލާއިރު، 350 ކިލޯގެ 18 ޕިކަޕާއި 1.5 ޓަނުގެ 8 ޕިކަޕުގެ އިތުރުން 2 ޓަނުގެ 2 ޕިކަޕުގެ ކުނި ވަނީ ނަގާފައެވެ. މިދިޔަ ފެބްރުއަރީމަހުން ފެށިގެން މިހާތަނަށް އައިއިރު، 100 އަށްވުރެ ގިނަ މީހުން މާލޭގެ މަގުތަކަށް ކުނި އަޅައިގެން ވަނީ ޖޫރިމަނާކޮށްފައެވެ. މާލޭގެ މަގުތަކަށް ކުނި އަޅާ ނަމަ، 500ރ. އިން ޖޫރިމަނާ ކުރާނެއެވެ.

ރޯދައަށް ގެތަށް ސާފުކޮށް ބާ މުދާ މަގުތަކަށް އެއްކޮށްކޮށް މާލޭގެ ހުރިހާ ހިސާބެއްގައި ވެސް ގިނަ ސަރަހައްދުތަކެއް ވަނީ ވަރަށް ބޮޑަށް ގޮނޑުކޮށްފައެވެ. ކުނިގިނަވެ ވެމްކޯއިން ހިލޭ ކުނި އުކުމުގެ ޕްރޮގްރާމެއް ވެސް ހިންގިއެވެ. މާލޭގެ މަގުތަކުގެ ކުނި ނެގުމަކީ މިހާރު މާލެ ސިޓީ ކައުންސިލުން ބަލަހައްޓަމުންދާ ކަމެކެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި ޕާކު ތަކާއި އާންމުތަންތަނާއި ބަނދަރުތަކާއި ވިޔަފާރި ސަރަހައްދުތަކަށް ކުނި އެޅުމަކީ މަނާ ކަމެކެވެ. އެފަދަ ތަންތަނަށް ކުނި އަޅާ ނަމަ ކައުންސިލުން ޕޮލިހަށް މައްސަލަ ހުށަހަޅަން ޖެހެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ