މާލެ: 31°C
މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރަން 24 ގަޑިއިރު މަސައްކަތަށް ނުކުމެއްޖެ

މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރަން 24 ގަޑިއިރު މަސައްކަތަށް ނުކުމެއްޖެ

May 19, 2024
2 ފަހަރު ބަލާފައި
މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރަން 24 ގަޑިއިރު މަސައްކަތަށް ނުކުމެއްޖެ
މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫއު އަވަސް ކުރަން 24 ގަޑިއިރު މަސައްކަތް ކުރަން ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ނިންމައިފިއެވެ. އާރްޑީސީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ވެސްޓްޕާކް ސަރަހައްދުގައި ކުރަމުން އަންނަ ކަމަށެވެ. އަދި މަސައްކަތް އަވަސް ކުރުމުގެ ގޮތުން 24 ގަޑިއިރު އެ ސަރަހައްދުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، ދިފާއީ ވުޒާރާއާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އާރްޑީސީ ގުޅިގެން ފަށާފައިވާ މި މަޝްރޫގައި ގާއިމު ކުރެވޭ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކުގައި އުފެދޭ ފެން ބޭރުކުރުމަށް ހަރުކުރަންޖެހޭ ވަސީލަތްތައް ހަރުކުރާނެ ކަމަށާއި މި މަޝްރޫއު ފަށާފައިވަނީ ވެސްޓް ޕާކް ސަރަހައްދުން ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މިދުވަސްވަރަކީ ވިއްސާރަކުރާ ދުވަސްވަރަށްވީއިރު، މާލޭގެ މަގުތައް ހަދާފައި ހުރިގޮތުން ފަސޭހައިން ފެންބޮޑުވުމުގެ މައްސަލަތައް އަންނަނީ ކުރިމަތިވަމުންނެވެ. މި މައްސަލަ ހައްލު ކުރުމަށް ޗައިނާ ސަރުކާރާއި ގުޅިގެން މާލޭގެ މަގުތައް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ