މާލެ: 31°C

މާލޭގެ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި

މާލޭގެ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި
September 5, 2024
2 ފަހަރު ބަލާފައި
މާލޭގެ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި
މާލެ މއ.އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ޔޫރޯ ސްޓޯރުގެ ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ އެ ފަންގިފިލާގައި އަލިފާން ރޯވިކަމުގެ ރިޕޯޓު މިއަދު 13:10 އެހާކަން ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު އެމްއެންޑީއެފްގެ މާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.
އެގޮތުން، އެމްއެންޑީއެފް އިން ކުރި މަސައްކަތުން ގުދަނުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމެއެންޑީއެފް އިން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ