- ކޮންމެ މީހަކު ވެސް ގެއިން ވުޟޫކޮށްގެން ދިއުން
- އަމިއްލަ މުސައްލައެއް ގެންދިއުން
- އަމިއްލަ ފެންފުޅިއެއް ގެންދިއުން
- ފައިވާންލާނެ ކުޑަ ދަބަހެއް ނުވަތަ ކޮތަޅެއް ( ދަބަސް/ކޮތަޅު ޕްލާސްޓިކް އެއްޗަކަށް ނުވުން).ގެންދިއުން ހިމެނެ އެވެ.
މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރާނެ، ބައެއް މަގުތައް ބަންދުވާނެ

މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރާނެ، ބައެއް މަގުތައް ބަންދުވާނެ
ލިޔުން:
މި އަހަރުގެ އަޟްހާ އީދުގައި މާލޭގެ ހަތަރު ސަރަހައްދެއްގައި އީދު ނަމާދުކުރާގޮތަށް ހަމަޖައްސައި އެ ސަރަހައްދުތަކުގެ ވަށައިގެންވާ މަގުތައް ބަންދު ކުރަން ނިންމައިފި އެވެ.
އީދު ނަމާދު އޮންނަ ވަގުތު މާފަންނު ސްޓޭޑިއަމްއަށް ދެވެން އޮންނަ މަގުތަކާއި ސަލްމާން މިސްކިތް ކައިރީ އޮންނަ މަގުތައް އަދި އިސްލާމީ މަރުކަޒާ ދިމާ މަގުތައް ބަންދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި ޕާކު ކުރުން މަނާކޮށްފައިވާއިރު ހަތަރު ފުރޮޅުލީ އުޅަނދަށް ބައެއް ސަރަހައްދުތައް ބަންދުވާނެއެވެ.
[embed]https://twitter.com/MVIaffairs/status/1673234210998591489[/embed]
މި އަހަރު މާލެ ސަރަހައްދުގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާނީ:
މާލެ މާފަންނު ސްޓޭޑިއަމް
ސަލްމާން މިސްކިތާއި މާބުލް ސަރަހައްދު
އިސްލާމީ މަރުކަޒާއި މައިދާން ސަރަހައްދު
ހުޅުމާލެ ސިންތެޓިކް ޓްރެކް
ހުޅުމާލެ ދެވަނަ ފިޔަވަހި ކްރިކެޓް ސްޓޭޑިއަމް (H16 އާ ދިމާލަށް އޮންނަ ސަރަހައްދު)
ވިލިމާލެ ފުޓްބޯޅަ ދަނޑު
ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ހުކުރުކުރާ ހުރިހާ މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާނެއެވެ.
ޢީދު ނަމާދަށް ދާ އިރު ސަމާލުކަން ދެއްވަންވީ ކަންތައް ކަމަށް އިސްލާމިކް މިނިސްޓްރީއިން އިލްތިމާސް ކުރާ ކަންތަކުގެ ތެރޭގައި:
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
