
މާލޭގައި ވޯޓުލުމަށް، ކުރިން ރަޖިސްޓްރީ ވެފައިވާ މީހުން އަލުން ރީ-ރަޖިސްޓާ ވާކަށް ނުޖެހޭނެ: އީސީ
މާލޭގައި ވޯޓުލުމަށް، ކުރިން ރަޖިސްޓްރީ ވެފައިވާ މީހުން އަލުން ރީ-ރަޖިސްޓާ ވާކަށް ނުޖެހޭނެ: އީސީ
ލިޔުން:
އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 2،627 މީހުން ރީ-ރަޖިސްޓްރީވެފައި ވާ އިރު، މާލޭގައި ރަޖިސްޓްރީވެފައިވާ މީހުން އަލުން ރަޖިސްޓްރީވާން ނުޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ޓީވީ ޕްރޮގްރާމެއްގައި، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ، ކުރިއާ ހިލާފަށް، މިފަހަރު މާލޭގައި ކުރިން ރަޖިސްޓްރީކޮށްފައި ތިބި މީހުން އަލުން މާލޭގައި ވޯޓުދޭން ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށެވެ.
"މި ފަހަރު ވަރަށް ގިނަ ކަންތައްތައް ލުއިކޮށްދީފައި ހުންނާނީ. އެހެންނޫނީ ކޮންމެ ފަސް އަހަރަކުން ޒީރޯއިން ފައްޓަން މިޖެހެނީ. މިސާލަކަށް މާލޭގައި ރީ-ރަޖިސްޓާ ކޮށްފައި ތިބި ބޭފުޅުން އަލުން މާލޭގައި ކޮންމެ ވޯޓުލާ އަހަރަކު ރީ-ރަޖިސްޓާ ކުރައްވަން ޖެހޭ ގޮތަށް ކުރިން އޮތީ. އޭރުން 58000 މީހުން ރީ-ރަޖިސްޓާ ކުރަން ޖެހޭނެ. ނަމަވެސް މިހާރު ނުޖެހޭނެ." ފުއާދު ތައުފީގު ވިދާޅުވިއެވެ.
މާލެ ފިޔަވައި، ރަށްވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ ހުރިހާ މީހުން އަލުން ރަޖިސްޓަރީ ކުރަން ޖެހެއެވެ. ކުރިން މާލޭގައި ރަޖިސްޓާވެފައި ވިޔަސް، މިފަހަރު އެހެން ރަށެއްގައި ނުވަތަ އަމިއްލަ ރަށުގައި ވޯޓުލާނަމަ އަލުން ރަޖިސްޓާ ވާން ޖެހެއެވެ.
މިހާރު ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގައި މިހާ ހިސާބަށް 3،436 މީހަކު ރީ-ރަޖިސްޓްރާ ކުރުމަށް ހުށަހަޅާފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ. އޭގެ ތެރެއިން 2،627 މީހުން ވަނީ ރީ-ރަޖިސްޓްރީ ކޮށްދީފައި ކަމަށާއި އަދި 803 ފޯމު ރިޖެކްޓް ވެފައިކަމަށް ފުވާދު ތައުފީގު ވިދާޅުވިއެވެ.
އެންމެ ފަހު ވަގުތަށް މަޑުނުކޮށް ރީ-ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރުމަށް ފުއާދު ވަނީ އެދިވަޑައިގެންފައެވެ. ރީ-ރަޖިސްޓްރޭޝަނަށް ދެ ހަފްތާ އޮތް އިރު އޭގެ ތެރެއިން އޮންލައިންކޮށް އެދެވޭނީ އެއް ހަފްތާގަ އެވެ. ފަހު ހަފްތާގައި ރީ-ރަޖިސްޓާ ކުރަން ޖެހޭނީ ފޯމު ހުށަހަޅައިގެންނެވެ.
ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުންނާއި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. އޮންލައިން ޕޯޓަލް، މެދުވެރިކޮށް މިހަުގެ 31 އާ ހަމައަށް ފޯމު ހުސަހެޅޭނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
