
މާލީ އިދާރާތަކުގެ ވަކި ޕްރޮގްރާމެއްގައި ރާއްޖެއިން ބައިވެރިވާކަށް ނުޖެހޭ: މިނިސްޓަރު ސައީދު
މާލީ އިދާރާތަކުގެ ވަކި ޕްރޮގްރާމެއްގައި ރާއްޖެއިން ބައިވެރިވާކަށް ނުޖެހޭ: މިނިސްޓަރު ސައީދު
ލިޔުން:
ރާއްޖެއިން މާލީ އިދާރާތަކުގެ ވަކި ޕްރޮގްރާމެއްގައި ބައިވެރިވާކަށް ނުޖެހޭކަމަށާއި ރާއްޖޭގެ އިގްތިސާދީ ހާލަތު އަންނަނީ ކުރިން ލަފާކުރިވަރަށްވުރެ ބާރަށް ރަނގަޅުވަމުންކަމަށް ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނިމިކް މިނިސްޓަރު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، އައިއެމްއެފް ޕްރޮގްރާމެއްގެ ތެރެއިން އެހީ ހޯދަން އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވާހަކަތަކެއް ފަތުރާފައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާ ތިބެ ބަޔަކު މަސައްކަތްކުރަނީ އެ ފަރާތްތަކުން އިންތިޒާރުކުރި ގޯސްހާލަތަށް ރާއްޖޭގެ އިގްތިސާދު ވައްޓާ ނުލެވުމުންކަމަށެވެ. އަދި އެއީ ސިޔާސީގޮތުން މާޔޫސްވެގެން ބަޔަކު ކުރާކަމެއްކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
