މާލެ: 31°C

މާލެ-ވިލިމާލެ-ގުޅިފަޅު ކަނޑުއޮޅިން ދަތުރުކުކުރާނަމަ ލައިސަންސް ހިފަހައްޓާނަން: ޓްރާންސްޕޯޓް

މާލެ-ވިލިމާލެ-ގުޅިފަޅު ކަނޑުއޮޅިން ދަތުރުކުކުރާނަމަ ލައިސަންސް ހިފަހައްޓާނަން: ޓްރާންސްޕޯޓް
May 8, 2023
2 ފަހަރު ބަލާފައި
މާލެ-ވިލިމާލެ-ގުޅިފަޅު ކަނޑުއޮޅިން ދަތުރުކުކުރާނަމަ ލައިސަންސް ހިފަހައްޓާނަން: ޓްރާންސްޕޯޓް
ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅިފަޅުގެ ދެމެދުގެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުން މަނާކޮށްފައި އޮތް ނަމަވެސް އެ ކަނޑުއޮޅިން ދަތުރުކުރާ މައްސަލަ ބޮޑުވެފައިވާތީ، އެތަނުން ދަތުރުކުރާނަމަ ލައިސަންސް ހިފަހައްޓާނެ ކަމުގެ އިންޒާރު ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ދީފި އެވެ. ޓްރާންސްޕޯޓުން ކުރި އިއުލާނެއްގައި ބުނީ، އެ ސަރަހައްދުން ދަތުރުކުރުން މިދިޔަ އަހަރުގެ އޮގަސްޓް 15 އިން ފެށިގެން މަނާކޮށްފައި އޮތްނަމަވެސް އަދިވެސް ގިނަ އުޅަނދުތަކުން އެ ކަނޑުއޮޅި ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އަދި އެތަނުގައި ބްރިޖުގެ މަަސައްކަތް ކުރިއަށް ދަނިކޮށް އެގޮތަށް ދަތުރުކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ، އެތަން ބަންދުކޮށްފައިވާ ކަމަށް ވެސް އެމިނިސްޓްރީއިން ބުންޏެވެ. އަދި "ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ގާއިމުކޮށްފައިވާ ބްރިޖު ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ވާހަކަ ވެސް އަންގާ އިއުލާންކުރީމެވެ." އެ އިއުލާނުގައި ވެ އެވެ. ގަވައިދާ ހިލާފަށް ދަތުރުކުރާނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ބެހޭ ގަވާއިދުގެ ދަށުން، އެ ދިމާލުން ދަތުރުކުރާ އުޅަނދުތައް ދުއްވާ މީހުންގެ ލައިސަންސް އެއް މަސް ދުވަހަށް ހިފަހައްޓާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ